ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އެދި

އިޢުލާން

ކޮނޑޭ ސުކޫލުގެ ސެކިއުރިޓީ 2017 ވަނަ އަހަރު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތުގެ ތަފުސީލު:

ކޮނޑޭ ސުކޫލުގެ ސެކިއުރިޓީ 2017 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2017 ޑިސެންބަރު މަހާއި ހަމައަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާނޭ މުހިންމު މަޢުލޫމާތު:

  • ކޮނޑޭ ސުކޫލުގެ ސެކިއުރިޓީ، މެންދުރުފަހު 04:00 އިން ފެށިގެން ހެނދުނު 08:00 އާ ހަމައަށް ބަލަހައްޓަންވާނެއެވެ.
  • ޑިއުޓީގައި ހުންނަ މީހަކު ހެނދުނު 06:00 ގައި ދިދަ ނަގަންވާނެއެވެ. އަދި މެންދުރުފަހު 04:00 ގައި ދިދަ ބާލަންވާނެއެވެ.
  • ޑިއުޓީގައި ހުންނައިރު އިށީންނާނެ ގޮޑިއާއި ޑިއުޓީ ސްޓޭޝަން ކަނޑައަޅާނީ ކޮނޑޭ ސުކޫލުންނެވެ.
  • ކޮންމެ މަހެއް ފެށުމުގެ 3 ދުވަސް ކުރިން ޑިއުޓީ ރޯސްޓަރ ސުކޫލް އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޑިއުޓީގައި ހުންނަ މުވައްޒަފަކު ބަދަލުވިޔަސް އެކަން ސުކޫލުން އަންގާފައިވާ ފަރާތަކަށް އަންގަންވާނެއެވެ.
  • ޑިއުޓީ ބަލަހައްޓާ ކޮންމެ މީހަކު ހުންނަންވާނީ އެކަމަށް ކަނޑައެޅިފައިވާ ޚާއްޞަ ޔުނިފޯމެއްގައެވެ.
  • ޑިއުޓީ ބަލަހައްޓާ މީހާއަކީ ކާކުކަން އެގޭނެ ލިޔުމެއް ކަރުގައި ނުވަތަ ޔުނިފޯމުގެ ޖީބުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
  • ޑިއުޓީގެ ދިގުމިނަކީ ލޭބަރ ލޯގައި ބަޔާންވެގެންވާ ގޮތުގެ މަތިން ގިނަވެގެން 8 ގަޑިއިރެވެ.
  • ޑިއުޓީގައި ހުންނަ ވޮޗަރު ބަލަހައްޓަން ޖެހޭ ސަރަހައްދު، މަސައްކަތާ ހަވާލުވާ ފަރާތާއި ކޮނޑޭ ސުކޫލުން ރަސްމީކޮށް އަންގާނެއެވެ.
  • ބިޑް ހުށަހަޅުއްވާ ފަރާތުން މިކަން އޯގަނައިޒް ކުރާ ފަރާތުގެ މަޢުލޫމާތާއި ގުޅޭނެ ފޯނު ނަންބަރު މީހެއްގެ ނަމާއެކު ހުށަހަޅަންވާނެއެވެ.
  • މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ކުންފުނި ނުވަތަ އިންވެސްޓްމަންޓްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
  • ޑިއުޓީގައި ތިބޭއިރު ގަވާއިދުން ގަޑިއަކު އެއްފަހަރު ސުކޫލުގެ އިމާރާތްތަކާއި ގޯތިތެރެއާއި އެންމެހައި ތަންތަން ޗެކުކުރަންވާނެއެވެ.
  • ބިޑް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނީ ތިރީގައިވާ މިންގަނޑުތަކަށެވެ.

މަސައްކަތުގެ އަގަށް – 70 ޕޮއިންޓް

ތަޖުރިބާ އަށް – 18 ޕޮއިންޓް

ތަމްރީނު ލިބިފައިވާ ސެކިއުރިޓީ އޮފިސަރުން ބޭނުންކުރުމަށް – 12 ޕޮއިންޓް (6 މީހުންނާ ހަމައަށް މީހަކަށް 2 ޕޮއިންޓް)

އަންދާސީހިސާބު ހުށަހެޅުމުގައި ސަމާލުކަންދޭންވީ ކަންތައްތައް:

  • އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.
  • އަންދާސީހިސާބު ހުށަހަޅާއިރު ސިޓީއުރައިގެ ބޭރުގައި "ގއ.ކޮނޑޭ ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  އަންދާސީހިސާބު ހުށަހަޅުއްވާއިރު ކުންފުނި ނުވަތަ އިންވެސްޓްމަންޓްގެ ކޮޕީ ހުށަހެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. 

04 ޖަނަވަރީ 2017
ހޯދާ