މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދުވަހުން ދުވަހަށް ކުރަންޖެހޭ އޮޕަރޭޝަންސްގެ މަސައްކަތްތަކެއް ކުރުމަށް ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅުން

އިޢުލާން

ކޮންޓްރެކްޓް އުސޫލުން ގެންގުޅޭނެ މީހުން ހޯދުން:

މި ކުންފުނީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އޮޕަރޭޝަންސްގެ މަސައްކަތްތަކެއް ކުރުމަށް ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅެން ބޭނުންވެއެވެ.

އުޖޫރަ:

ދުވާލަކަށް -/200 ރުފިޔާ (8 ގަޑިއިރު) 

ދުވާލަކަށް -/100 ރުފިޔާ (4 ގަޑިއިރު)

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޝަރުޠު

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް (ވަރޑް، އެކްސެލް) ބޭނުންކުރަން އެނގުން.

ނޯޓު:

- ކޮލެޖާއި ޔުނިވަރސިޓީގައި އުޅޭ ފަރާތްތަކަށްވެސް މި ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.

- އުމުރުން 18 އަހަރު ނުފުރޭ ފަރާތެއްނަމަ، ބެލެނިވެރިޔާގެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ކޮންޓްރެކްޓް އުސޫލުން މަސައްކަތްކޮށްދޭން އެދި  ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރު ޖަހަންވާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ.

4. ވަޒީފާ އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.

ސުންގަޑި:

ކޮންޓްރެކްޓް އުސޫލުން މަސައްކަތްކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 3 ވަނަ ފަންގިފިލާގައި ހުންނަ، މި ކުންފުނީގެ ހިއުމަން ރިސޯސް ސެކްޝަނަށް ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "ކޮންޓްރެކްޓް  އުސޫލުން މަސައްކަތްކުރުމަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކޮށްދޭން އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހި ރާއްޖެ

އިތުރު މަޢުލޫމާތު:

1. ކޮންޓްރެކްޓް އުސޫލުން މަސައްކަތްކޮށްދޭން އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.

2. މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް، ނުވަތަ 3009272 ނަންބަރު ފޯނަށް، ނުވަތަ 3009271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

7 ރަބީޢުލްއާޚިރު 1438

05 ޖަނަވަރީ 2017
ހޯދާ