ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ސީނިއަރ އައިޓީ އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މުސާރައާއި އެލަވަންސް: |
- މުސާރަ: މަހަކު -/6375 ރުފިޔާ (ހަހާސް ތިންސަތޭކަ ހަތްދިހަ ފަސްރުފިޔާ) - ސަރވިސް އެލަވަންސް: މަހަކު -/3330 ރުފިޔާ (ތިންހާސް ތިންސަތޭކަ ތިރީސް ރުފިޔާ) - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|||
އޮފީސް: |
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް |
ޔުނިޓް: |
އައިޓީ |
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: |
- އައިޓީ ސޮފްޓްވެއަރ، ހާޑްވެއަރގެ ދާއިރާއިން ދަށްވެގެން ލެވެލް 6 ގެ ސަނަދެއް ނުވަތަ ލެވެލް 5 ގެ ސަނަދެއް އޮތުން. - އައިޓީ ސޮފްޓްވެއަރއާއި ހާރޑްވެއަރގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރު ބަޔާންކުރަންވާނެއެވެ.) 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް. 3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ. 4. ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން. 5. ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަންޖެހޭނެއެވެ.) |
|||
ސުންގަޑި: |
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ ހިއުމަން ރިސޯސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. |
|||
އިންޓަވިއު: |
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|||
ސިޓީ އެޑްރެސްކުރާނެ ގޮތް: |
މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް މާލެ، ދިވެހިރާއްޖެ |
|||
އިތުރު މަޢުލޫމާތު: |
1. މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ. 2. މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް، ނުވަތަ 3009272 ނަންބަރު ފޯނަށް، ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ. |
|||
7 ރަބީޢުލްއާޚިރު 1438 |