1. މުވައްޒަފުންގެ މުސާރައާއި އެލަވަންސް ދިނުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު ހޯދުމުގެ މަސައްކަތްކޮށް، ކަނޑައެޅޭ މުއްދަތަށް ރިޕޯޓްތައް ހޯދައި، ރިޕޯޓް ލިބުމުން މުސާރައާއި އެލަވަންސް ދިނުމަށް މުސާރަ ޝީޓް ތައްޔާރުކުރުން.
2. ކޮންމެ ދުވަހެއްގައިވެސް، އެ ދުވަހެއްގައި ލިބޭ ވަޒީފާއާބެހޭ ޗިޓްތަކާއި، މުސާރަޔާ ގުޅޭ މެމޯތައް، މުސާރަ ދިނުމަށް ހަމަޖެހިފައިވާ ދުވަހާ ހަމައަށް ބަލަހައްޓައި، އެ ލިޔުމަކާ އެއްގޮތަށް މުސާރަ ދިނުން.
3. މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންތައް، ހަމަޖެހިފައި އޮންނަ އުސޫލުގެމަތިން ކުރުން.
4. މުވައްޒަފުންގެ އެކައުންޓްތަކަށް މުސާރައާއި އެލަވަންސް ޖަމާކުރުމުން، ޖަމާކުރެވުނު ތާރީޚު ލިޔެ، މުސާރައިގެ ސްލިޕްތައް ހަދައި، އެ މުވައްޒަފުންނަށް ރައްދުކުރުން.
5. އެޗް.އާރު. ސިސްޓަމް ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް، ވެރިންނާ ވާހަކަދައްކައިގެން ޙައްލުކުރުން.
6. ޕެންޝަން ސްކީމުގައި އަލަށް ބައިވެރިވާ މުވައްޒަފުންގެ މަޢުލޫމާތު، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް، ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުން.
ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރި ކަންދިނުމާއި، ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
|