މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު، އަދި އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށްދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމު:

މަނިޓަރީ އެސިސްޓެންޓް

ޑިވިޜަން:

މަނިޓަރީ ޕޮލިސީ ސެކްޝަން  /މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • މެކްރޯއިކޮނޮމިކްސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.
  • އިކޮނޮމެޓްރިކްސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިޤްތިޞާދުގައި ހިމެނޭބައިތައް ދިރާސާކޮށް މަނިޓަރީ ޕޮލިސީ އެކުލަވައިލުމުގައި އެހީތެރިވެދިނުން.
  • ފައިނޭންޝަލްއާއި، މަނިޓަރީ ސެކްޓަރާ ގުޅުން ހުރި ރިސަރޗް ޕޭޕަރުތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުމާއި އެމްއެމްއޭގެ އެނުއަލް ރިޕޯޓާއި ކުއަރޓާލީ އިކޮނޮމިކް ބުލެޓިން ޝާއިޢުކުރުމުގެ މަސައްކަތައް އެހީތެރިވެދިނުމާއި މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީވެދިނުން.

މަޤާމު:

އެސިސްޓެންޓް މެނޭޖަރ

ޔުނިޓު:

ރިޒަރވް މެނޭޖްމަންޓް އެންޑް މާކެޓް އޮޕަރޭޝަންސް ޑިވިޜަން

ބޭނުންވާ އަދަދު:

03 (ތިނެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ފައިނޭންސް ނުވަތަ އެކައުންޓިން އެންޑް ފައިނޭންސް ނުވަތަ ފައިނޭންސް އެންޑް އިކޮނޮމިކްސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ރިޒަރވް މެނޭޖް ކުރުމަށްޓަކައި އެކިއެކި އެސެޓްކްލާސްތަކުގައި އިންވެސްޓް ކުުރުން.
  • މާލީބާޒާރާއި ބެހޭ ދިރާސާކޮށް މަޢުލޫމާތު އެއްކޮށް ރިޕޯޓް ތައްޔާރުކުރުން.
  • އިންވެސްޓްމެންޓްތައް މޮނިޓަރކުރުމާއި އިންވެސްޓް ކުރުމުގައި ހުރި ފުރުސަތުތައް ހޯދައި ރިސަރޗް މަސައްކަތް ކުރުން.
  • ރިޒަރވް މެނޭޖްމަންޓާގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް އެނަލައިޒްކުރުމާއި ރިސްކް މެނޭޖްކުރުން.

މަޤާމު:

ރިސަރޗް އެސިސްޓެންޓް 

ސެކްޝަން/ޑިވިޜަން:

އިކޮނޮމިކް ރިސަރޗް އެންޑް އެނަލިސިސް ސެކްޝަން / މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން

ބޭނުންވާ އަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރު:

  • އިކޮނޮމިކްސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓު ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުން.

ހުނަރުވެރިކަން: 

  • އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުމުގެ ހުނަރު ހުރުން.
  • އިޤްތިޞާދީ، ބޭންކިން އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރުހުރުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
  • އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކް އަދި ފޯރކާސްޓިންގ ސޮފްޓްވެއަރއަކަށް އަހުލުވެރިވެފައިވުން.

މަޤާމު:

އޮފިސަރ

ސެކްޝަން/ޑިވިޜަން:

ޑޮމެސްޓިކް އޮޕަރޭޝަންސް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ އަދަދު:

03 (ތިނެއް)

ތަޢުލީމީ ފެންވަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމް.އެމް.އޭ އިން ހިންގާ ދިވެހި ފައިސާގެ މުޢާމަލާތްތަކާބެހޭ މަސައްކަތްކުރުން.

މަޤާމު:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް އެންޑް ސެޓްލްމެންޓް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ އަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް ސިސްޓަމާއި، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސްއާއި ސްވިފްޓް ސިސްޓަމާ ގުޅޭ އިދާރީ މަސައްކަތްތައް ސުޕަވައިޒްކުރުމަށް އެހީތެރިވުން.

މަޤާމު:

އޮފިސަރ 

ޑިވިޜަން:

ފޮރިން އޮޕަރޭޝަންސް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ އަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ އިން ހިންގާ ބޭރު ފައިސާގެ މުޢާމަލާތްތަކާބެހޭ މަސައްކަތްކުރުން.

މަޤާމު:

އޮފިސަރ 

ޑިވިޜަން:

ކޯޕަރޭޓް އެކައުންޓްސް ސެކްޝަން / ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ އަދަދު:

03 (ތިނެއް)

ތަޢުލީމީ ފެންވަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ބަޖެޓާ ގުޅުން ހުރި މަސައްކަތާ އެމްއެމްއޭގެ ބޭރުފައިސާގެ އެކައުންޓްތަކާ ގުޅުން ހުރި މަސައްކަތާއި ރިޒަރވް މެނޭޖްމަންޓުގެ ބެކް އޮފީސް މަސައްކަތް ކުރުން

މަޤާމު:

އޮފީސް އެސިސްޓެންޓް

ސެކްޝަން:

އެޑްމިނިސްޓްރޭޝަންް ސެކްޝަން/ ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
  • ދިވެހިބަހާއި އިނގިރޭސިބަހުން ލިޔަންކިޔަން އެނގުން
  • ގިނަ ވަގުތު މަސައްކަތު އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން
  • ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ އިން އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ގެންދިއުމާއި އެފަދަ ތަކެތި ތަންތަނުން ގެނައުމާއި އެމްއެމްއޭގެ ވެހިކަލްތައް ދުއްވުން

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ހުނަރުވެރިކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުނަރުވެރިކަން: 

  • އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • "މައިކްރޯސޮފްޓް އޮފީސް" އަށް އަހުލުވެރިވެފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ރިވެތި އަދަބުތަކާއެކު މުޢާމަލާތްކުރުމުގެ އާދަ އަށަގަނެފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓުފިކެޓުގެ ކޮޕީ (ލިބިފައިވާނަމަ)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީންނާއި، މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

07 ރަބީޢުލްއާޚިރު 1438

05 ޖަނަވަރީ 2017
ހޯދާ