އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

2017 ގެ ރިކުއަރމަންޓަށް ބަލައި، މި ސްކޫލަށް ބޭނުންވާ އަދަދަށް ރިލީފް ޓީޗަރުން ހޯދަން ބޭނުންވެއެވެ. ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުން އެދެމެވެ. ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ ޤާބިލް ފަރާތްތައް ބަލައި، ރިކުއަރމަންޓުން ޖާގަލިބިފައިވާ އަދަދަށް މީހުން ހޮވޭނެއެވެ.

މަޤާމް: ރިލީފް ޓީޗަރ (ދިރާސީ 1 އަހަރުދުވަށް، 3 މަސްދުވަހުން 3 މަސްދުވަހުން ކޮންޓްރެކްޓު އާކުރާގޮތަށް)

ތަޢުލީމީ ފެންވަރު

މަޤާމުގެ އަސާސީ މުސާރަ

 ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

 

މަޤާމުގެ މަސްއޫލިއްޔަތު:

ޕްރައިމަރީ ގްރޭޑްތަކަށް (ގްރޭޑް 1 އިން 6 އަށް) ޚާއްޞަކޮށް، ސައިންސާއި ސޯޝަލް ސްޓަޑީޒް ކިޔަވައިދިނުމާއި، އާންމުކޮށް ހުރިހާ ގްރޭޑްތަކަށް ހުރިހާ މާއްދާއެއް ކިޔަވައިދިނުމާއި، މި ސްކޫލުން ރާވާ އެކްސްޓްރާ، ކޯކަރލިކިއުލަރ ހަރަކާތްތައް އިސްވެ ރާވައި ހިންގުން.

އިންޓަވިއުކުރުން:

އިންޓަވިއުކުރާނަމަ، އިންޓަވިއުކުރާ ދުވަހާއި ގަޑި، ކުރިމަތިލީ ފަރާތްތަކަށް ރަސްމީކޮށް އަންގާނަމަވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުން، 2017 ޖަނަވަރީ 8 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލުގެ އޮފީހަށް ސިޓީ ހުށަހެޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ސިޓީއާއެކު ވަޒީފާއަށް އެދި ހުށަހެޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ، އެ ސިޓީ ބާޠިލްކުރެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު:

1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކުރެވިފަވާ ސެޓުފިކެޓުގެ ކޮޕީ)

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5 ރަބީޢުލްއާޚިރު 1438

03 ޖަނަވަރީ 2017
ހޯދާ