މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ޕްރޮމޯޝަނަލް މެޓީރިއަލްސް އަދި އެހެނިހެން ލިޔެކިޔުންތައް ރައްކާތެރިކޮށް ބެހެއްޓުމަށް މާލެއިން ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

މި ކޯޕަރޭޝަނުގެ ޕްރޮމޯޝަނަލް މެޓީރިއަލްސްއާއި އެހެނިހެން ލިޔެކިޔުންތައް ރައްކާތެރިކޮށް ބެހެއްޓުމަށް މާލެއިން ގުދަނެއް، 2017 މޭ 25 ވަނަ ދުވަހުން ފެށިގެން ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، މާލެއިން ގުދަނެއް ކުއްޔަށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ ހެނދުނު 10:00 އަށް، ވެލާނާގޭ 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

6 ރަބީއުލްއާޚިރު 1438

04 ޖަނަވަރީ 2017
ހޯދާ