ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ދިވެހިބަހުގެ އެކެޑަމީއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކު:

އެސް. އެސް. 2

ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ:

މަހަކު -/3،470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

މަޤާމު ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ސެކްޝަން:

އިދާރީ ހިންގުމާއި ފައިސާ  

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ

މަޤާމުގެ ޝަރުޠު:

- ޤައުމީ އޮނިގަނޑުތަކުގެ ތެރޭގައި ހިމެނޭ ދާއިރާއެއްގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. އޮފީހުން ބަހަންޖެހޭ ތަކެތި ބެހުމާއި، އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުން.

2. އޮފީހުގެ ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް މަގުފަހިކޮށްދިނުން.

3. އޮފީސް ހުޅުވައި ލެއްޕުމަށްޓަކައި ތަޅުދަނޑި ގެނެސް، ގެންދިއުން.

4. އޮފީހުން ބާއްވާ ޖަލްސާތަކާއި ޙަފްލާތައް ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.

5. އޮފީހަށް ގަންނަންޖެހޭ ތަކެތި އޮފީހަށް ގެންނަންޖެހޭ ހާލަތްތަކުގައި ގެނެސްދިނުން.

6. އޮފީހުގެ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

1. މަޤާމުގެ މަސައްކަތުގެ ހުނަރާއެކު ތަޖުރިބާ ލިބިފައިވުން.

2. އޮފީހުން ކުރާ މަސައްކަތްތަކުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވުން.

3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.

4. ރަނގަޅު ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

5. މީހުންނާ މުޢާމަލާކުރުމުގައި އިޙްތިރާމާއެކު މުޢާމަލާތުކުރުން.

ސްކްރީންކުރުމުގައި ބަލާނެ ކަންތައްތައް:

1. އިޢުލާނުގައިވާ ސުންގަޑިއަށް ފޯމު ހުށަހަޅައިފައިވުން.

2. ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތައް ހަމައަށް ހުރުން.

3. ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތައް ފުރިހަމަވެފައިވުން.

4. އިޢުލާނުގައިވާ އަސާސީ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އެކެޑެމީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.00 ން 14.00 ށް ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއި ފޯމު ދިވެހިބަހުގެ އެކެޑެމީގެ ވެބްސައިޓް: www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދީފައިވާ ލިޔެކިޔުންތައް. (މަސައްކަތް ކޮށްފައިވާ މުއްދަތު އެނގޭނޭގޮތަށް)

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ނަކަލު

3.1 އެމް. ކިޔު. އޭ އިން ފެންވަރު ބައްލަވައިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖޭން ބާރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް އެމް. ކިޔު، އޭ އިން ދޫކުރައްވައިފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

3.2 ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

3.3 ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

3.4 ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

5. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭގޮތަށް)

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމޭލް އެޑްރެހާއެކު)

ފޯމު ހުށަހަޅަންވީ ސުންގަޑި:

2017 ޖަނަވަރީ 15 ވާ އާދީއްތަ ދުވަހުގެ 1.30

ފޯމު ހުށަހަޅަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ

ބަސްދީގަތުން އޮންނާނެ ތާރީޚާއި ތަން:
މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވަން ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް ހަފުތާ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ، ދިވެހިބަހުގެ އެކެޑެމީގައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3345299 ނަންބަރު ފޯނަށް، ނުވަތަ 3345297 ނަންބަރު ފޯނަށެވެ.

5 ރަބީޢުލްއާޚިރު 1438

 

03 ޖަނަވަރީ 2017
ހޯދާ