މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރިޔާދުގެއަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރ. އަތޮޅު އަތޮޅުގެގޭ މެސްރޫމާއި ބަދިގެއާއި މަރިޔާދުގެއަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން:

ސުރުޙީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މި އިދާރާގެ ނަންބަރު (IUL)229-IED/229/2016/44 (20 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން ޝައުޤުރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޕްރޮޕޯސަލްގައި ހިމެނޭ ޖުމުލަ އަގު އެއްކުރުމުގައި މައްސަލަ އުޅޭކަން ފާހަގަކުރެވިފައިވާތީ، އެ ޕްރޮޕޯސަލްތަކާއި ދެންނެވިފައިވާ އިޢުލާން ބާޠިލުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ 2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީ, 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 13:00 ރ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރަން ހާޒިރު ނުވެވޭފަދަ ހާލަތެއް ދިމާވެ، ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބަދަލުގައި ފޮނުވިކަން އެނގޭނޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިފައިގެން ހާޒިރުވުމަށް އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި ނުވަތަ ކޯޕަރޭޓިވެއް ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕުރޮޕޯސަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި " ރ. އަތޮޅު އަތޮޅުގޭގެ މެސްރޫމާއި ބަދިގެއާއި މަރިޔާދުގެއަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ބައެއް މަރާމާތުތައް ކުރުމާ ބެހޭ ޕްރޮޕޯސަލް " މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ޕުރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑުރެހާއި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ރަސްމީގަޑީގައި މި އިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

03 ޖަނަވަރީ 2017
ހޯދާ