މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޕްރިޒަން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސަރވިސްއަށް ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް: ޕްރިޒަން އޮފިސަރ

މަޤާމުގެ ރޭންކް: ޕްރިޒަންސް އޮފިސަރސް

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސަރވިސް

މުސާރަ: މަހަކު -/6,050 ރުފިޔާ

ބޭނުންވާ އަދަދު: 30 (ތިރީސް)  

މަސައްކަތް ކުރަންޖެހޭ ތަން: ޖަލުތައް

ފެންވަރު ނުވަތަ ޝަރުޠު:

1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

2. އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.

3. 1 ޖަނަވަރީ 2017 އަށް މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމާއި، 35 އަހަރު ނުވާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް ޖަލުތަކުގައި މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

- ތަޢުލީމީ ފެންވަރު.

- އިންޓަވިއުން ލިބޭ މާކްސް

ވަޒީފާ ހަމަޖެއްސުމުގައި ޢަމަލުކުރާނެ ގޮތް:

- ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތް މި ސަރވިސްގެ www.corrections.gov.mv ގެ ވެބްސައިޓުންނާއި، މި ސަރވިސްގެ ހެޑް އޮފީހުގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ.

- ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އިންޓަވިއު އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި، ވަނަވަރާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު، 2017 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސަރވިސްގެ www.corrections.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

- ނެގިފަހުން ތިންމަސްދުވަސް ހަމަނުވާ، އިސްކޮޅު ފެންނަ ފޮޓޯއެއް.

- އިންޖީނުލީ އުޅަނދު ދުއްވާނަމަ، ލައިސަންސްގެ ކޮޕީ.

- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރެކޯޑް

- (ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ، ފޯމާއެކު ހީރަސްޖަހައި، ޞަފުޙާ ނަންބަރު ޖަހާފައެވެ.)

ނޯޓު:

1. ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަދަދު އެނގޭގޮތަށް ކޮންމެ ޞަފްޙާއެއްގެ ނަންބަރު އެނގޭގޮތަށް ޖެހުން އެދެމެވެ. އަދި ނަންބަރު ނުޖަހާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ. އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.

2. މި މަޤާމަށް ހަމަޖެހިފައިވާ އެލަވަންސްތަކަކީ، ޕްރޒަން އޮފިސަރުންގެ އަސާސީ ތަމްރީން ފުރިހަމަކުރުމަށްފަހު ހަމަޖައްސައިދެވޭނެ އެލަވަންސްތަކެކެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  އިތުރު  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  3312694  ނަންބަރު  ފޯނަށް،  ނުވަތަ  3328443  ނަންބަރު  ފޯނަށެވެ. ފެކްސް ނަންބަރަކީ، 3313727 އެވެ. އީ މެއިލް އެޑްރެހަކީ، [email protected] އެވެ.

4 ރަބީޢުލްއާޚިރު 1438

02 ޖަނަވަރީ 2017
ހޯދާ