ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޭޝިއަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޭޝިއަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް، ހަމަޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް.

ވަޒީފާ އޮތް ތަން:

ބ. އަތޮޅު ހޮސްޕިޓަލް

މަސައްކަތްކުރަންޖެހޭ ތަން:

ބ. އަތޮޅު ހޮސްޕިޓަލް

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

 

 

 

 

1. މާލިއްޔަތު ގަވާއިދާއި، ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

2. ރިސެޕްޝަނުގައި ޑިއުޓީ އުސޫލުން މަސައްކަތްކުރުން.

3. އާމްދަނީގެގޮތުގައި ލިބޭ ފައިސާ، ގަވާއިދާއި އެއްގޮތަށް ބަލައިގަތުމާއި ،ޖަމާކުރުން އަދި އޭގެ ރެކޯޑުތައް ބެލެހެއްޓުން.

4. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިނގާ އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން އާސަންދައިގެ ކަންތައްތައް ބެލެހެއްޓުން.

5. އާމްދަނީގެގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބި ގިނަދުވަސްވާނަމަ، އެ ފައިސާ ހޯދުމަށް މަސައްކަތްކުރުން.

6. ހޮސްޕިޓަލާއި، އަތޮޅު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ބަޖެޓް ފައިސާގެ ކަންތައްތައް ބެލެހެއްޓުން.

7. ފައިސާ ނަގަންޖެހޭ ޗެކްތަކަށް ފައިސާ ނެގުމާއި، ފައިސާ ނަގައި، އެ ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.

8. ޕެޓީ ކޭޝްގެ ފައިސާ ގަވާއިދާއެއްގޮތަށް ބެލެހެއްޓުން.

9. ކްރެޑިޓަށް ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލްހެދުމާއި، އެ ބިލްތަކަށް ފައިސާ ހޯދުން.

10. ފައިސާގެ ކަންތައްތަކާ ބެހޭގޮތުން ފޮނުއްވަންޖެހޭ ލިޔެކިއުންތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ފައިސާއާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން.

11. ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

12. ބަޖެޓުން ތައްޔާރުކުރާ ރިޕޯޓުތައް ތައްޔާރުކުރުމުގައްޔާއި، ލަފާކުރާ ބަޖެޓާއި، މުސާރަޝީޓް ހެދުމުގެ މަސައްކަތުގައި އެހީތެރިވުމާއި، ފޮނުވަން އޮންނަ ތާރީޚަށް ފޮނުވުމަށް އެހީތެރިވުން.

 

 

ތަޢުލީމާއި ތަޖުރިބާ:

1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް،  އިކޮނޮމިކްސް،  މެތަމެޓިކްސް، ސްޓެޓިސްޓިކްސް،، އެކައުންޓިންގ، ޓެކްނީޝަން (ސީ.އޭ.ޓީ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  އެޕްލައިޑް  އެކައުންޓިންގ،  ފައިނޭންސް،  އެކައުންޓިންގ،  އެކައުންޓިންގ  އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް،، އެކައުންޓިންގ، ޓެކްނީޝަން (ސީ.އޭ.ޓީ) ގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާޙާނުގައި ''ދިވެހި'' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ބ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

2017 ޖަނަވަރީ 15 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ފޯމު ހުށަހަޅަންވާނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- އިންޓަވިއު އޮންނާނީ، 2017 ވަނަ އަހަރުގެ ޖަނަވަރީމަހު ބ. އަތޮޅު ހޮސްޕިޓަލުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް، ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނަށް، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

30 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016
ހޯދާ