މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މި މިނިސްޓްރީގެ ތިރީގައިވާ މަޤާމަށް އިޢުލާން ކުރަމެވެ.

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު

1

މަޤާމު ނަންބަރު

255938

މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ ގްރޭޑް 1

ރޭންކް

އީ.އެކްސް 1

މުސާރައާއި އިނާޔަތްތައް

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ ޔުނިޓް

ލޭބަރ އެންޑް އެންޕްލޯއިމަންޓް ސެކްޝަން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ރާއްޖޭގެ އެއްގަމާއި، ކަނޑުގެ ދަތުރުފަތުރުގެ ދާއިރާގެ ޙާލަތު ދިރާސާކޮށް، މި ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ޤައުމީ ތަޞައްވުރެއް އެކުލަވައިލައި، އެކަމާގުޅޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
  2. ރާއްޖޭގެ ކަނޑުގެ ވިޔަފާރި ބަނދަރުތައް ތަރައްޤީކުރުމާބެހޭ ސިޔާސަތު ކަނޑައެޅުމާއި، އެފަދަ ބަނދަރުތަކުން ދެވޭ ޚިދުމަތްތަކާއި، އެ ޚިދުމަތްތަކާގުޅޭ ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު ކަނޑައެޅުމާއި، އެކަންކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ހިންގައި ވިލަރެސްކުރުން.
  3. ރާއްޖޭގެ އެއްގަމާއި، ކަނޑުގެ ދަތުރުފަތުރަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކޮށް، ތަރައްޤީކޮށް ބެލެހެއްޓުން.
  4. ރާއްޖޭގެ އެއްގަމާއި، ކަނޑުގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތައް ބަލައި ދިރާސާކުރުން.
  5. ރާއްޖޭގެ އެއްގަމާއި، ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް، އެއްގަމާއި ކަނޑުގެ ދަތުރުފަތުރާގުޅޭ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދެމެދު ވިލަރެސްކުރުން.
  6. ރާއްޖޭގެ އެއްގަމާއި، ކަނޑުގެ ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ބޭރުދަތުރުކުރާ ބޯޓުފަހަރުގެ ވަޒީފާއަށް މީހުން ފޮނުވާ ފަރާތްތަކާބެހޭ ސިޔާސަތު އެކުލަވައިލައި، މި ދާއިރާއިން ދިވެހިންނަށް ހުރި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްކުރުން.
  7. ރާއްޖޭގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކުރުމުގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސިޔާސަތު ކަނޑައަޅައި، މިކަންކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެކަންކަމަށް ބޭނުންވާ ތަމްރީނުގެ މިންގަނޑުތައް ކަނޑައަޅައި ސަނަދު ދިނުން.
  8. ރާއްޖޭގެ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި، މިކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެކަންކަމަށް ބޭނުންވާ ތަމްރީނުގެ މިންގަނޑުތައް ކަނޑައެޅުން.
  9. ރާއްޖޭގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ދާއިރާއިން ޚިދުމަތް ފޯރުކޮށްދިނުމުގައި ހާސިލުކުރަން ބޭނުންވާ މަޤުޞަދުތައް ހާސިލުކުރެވޭފަދަ ލީޑަރޝިޕެއް ޤާއިމުކޮށް، އަމިއްލަ ފަރާތްތަކާއި، ފަރުދުންނަށް މި ދާރާއިން ބޭނުންވާ ޚިދުމަތްތަކަށް ސިޔާސަތު ކަނޑައަޅައި އެސިޔާސަތު ތަންފީޒުކުރުން.
  10. އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ދާއިރާއިން ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގެ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ބައިވެރިވުމާއި، އެ މުޢާހަދާތަކާއި، އެއްބަސްވުންތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
  11. ދިވެހިރާއްޖެއާއި ދޭދޭ ޤައުމުތަކާއެކު ކަނޑުގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅާލުމުގެ ގޮތުން އެއްބަސްވާންޖެހޭ އެއްބަސްވުންތަކުގައި ދިވެހިސަރުކާރު ތަމްސީލުކުރުމާއި، އެފަދަ އެއްބަސްވުންތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުން.
  12. އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ އެ ދާއިރާއިން އެކި ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހީދޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމާއި، އެފަރާތްތަކުން އެހީތެރިކަން ހޯދުމާބެހޭ ކަންކަން ވިލަރެސްކުރުން.
  13. ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭ ފަދަ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކޮށް އެނިޒާމު ހިންގުން.
  14. ރާއްޖޭގެ އެއްގަމާއި، ކަނޑުގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތަކުގެ އަލީގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ދަތުރުފަތުރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައްގެނައުމާއި، އެފަދަ ކަންކަމުގެ މަޢުލޫމާތު އާންމުކުރުން.
  15. ރާއްޖޭގައި ބޯޓު ފަހަރު ބަނުމާއި، ބޯޓުފަހަރު މަރާމާތުކޮށް ބެލެހެއްޓުމާބެހޭ ސިޔާސަތާއި މިންގަނޑުތައް ކަނޑައެޅުން.
  16. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޝިޕިންގ އިންޑަސްޓްރީ ތަރައްޤީކުރުމާއި، ޝިޕިންގއާގުޅޭ ވިޔަފާރި ކުރިއެރުވުމާގުޅޭ ސިޔާސަތު ކަނޑައަޅައި ހިންގުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް  ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސް  ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 13.30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަސް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ލިބެން ހުންނާނެއެވެ.

- މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަންބަރު: 3333174، 3333160 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

‏04‏ ރަބީޢުލްއާޚިރު 1438

 

02 ޖަނަވަރީ 2017
ހޯދާ