ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޕްރޮގްރާމް ކޯޑިނޭޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ޕްރޮގްރާމް ކޯޑިނޭޓަރ 

މުސާރަ: -/12,336 ރުފިޔާ

ރޭންކް: MS3

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގުރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: އެމެރިކަން ސެންޓަރ މޯލްޑިވްސް

މަސައްކަތް ކުރަންޖެހޭ ތަން: އެމެރިކަން ސެންޓަރ މޯލްޑިވްސް، ޤައުމީ ކުތުބުޚާނާ

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ސޯޝަލް ސައިންސް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ސޯޝަލް ސައިންސް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް:  އެމެރިކާއާ ގުޅޭ އާންމު މައުލޫމާތު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކަލެކްޝަންތައް ބަލަހައްޓާ ޝެލްފް ތަރުތީބުކުރުން.
  • ކަސްޓަމަރުން ހޯދަން އެދޭ މަޢުލޫމާތުތަކާއި، އެމެރިކަން ސެންޓަރަށް ޒިޔާރަތްކުރާ ފަރާތްތައް، މެމްބަރޝިޕް ރެޖިސްޓްރޭޝަން، އަދި އެހެނިހެން މުހިންމު ސްޓެޓިސްޓިކްސް ޝީޓް އެކުލަވައިލުމުގެ މަސައްކަތްކުރުވުން. އަދި މިގޮތުން ލިބޭ މަޢުލޫމާތު ރިކޯޑުކުރޭތޯ ބަލައި، އެނަލައިޒް ކުރުން.
  • ކަސްޓަމަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ދިވެހިރާއްޖޭގެ ނޫސްތަކުގެ މީޑިއާ ސަމަރީ ހެދުން.
  • މާލެއާއި އަތޮޅުތެރޭގައި ހިންގާ އެމެރިކަން ސެންޓަރގެ ޙަރަކާތްތައް ކޯޑިނޭޓްކޮށް ހިންގުން.
  • ޔޫއެސް އެމްބަސީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އައު ޕާޓްނަރުން ހޯދައި ޙަރަކާތްތައް ޢަމަލީގޮތުން ހިންގުން.
  • އެމެރިކަން ސެންޓަރުގެ ގްރާންޓްތަކުގެ އިދާރީކަންކަން ބެލެހެއްޓުމާއިި މޮނިޓަރ ކުރުން. 
  • އެމްބަސީގެ ލަނޑުދަނިތަކާއި އެއްގޮތަށް ސަރުކާރުގެ އިދާރާތަކާއި އެންޖީއޯތަކާ ގުޅުން ބަދަހިކުރުން.
  • އެމެރިކަންސެންޓަރުގެ ކޮންޓެކްޓް ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޔޫއެސް އެމްބަސީގެ މިޝަންއާއި ވިޝަންއާ އެއްގޮތަށް ކަލްޗަރަލް ޕްރޮގްރާމްތައް ޕްރޮމޯޓްކޮށް އެންމެހައި ލޮޖިސްޓިކް ކަންތައް ބެލެހެއްޓުން.
  • ޕަބްލިކް އެފެއާޒް އޮފީހުން އަންގާ ގޮތެއްގެ މަތިން އެމެރިކަން ސެންޓަރުން ހިންގާ ކަލްޗަރަލް، އެޑިއުކޭޝަނަލް، އަދި ސޯޝަލް ޕްރޮގްރާމްތަކުގެ ރިޕޯޓު ފޮނުވުން.
  • ޔޫއެސް ގަވަމެންޓް އެކްސްޗޭންޖް ޕްރޮގްރާމުތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • އެޑިޔުކޭޝަން ޔޫ އެސް އޭ ގެ އިމްތިޙާނުތައް އޮންނަ ދުވަސްތަކުގައި ސުޕަވައިޒްކުރުމާއި އެހީތެރިވެދިނުން.

ނޯޓް: 

- މި މަޤާމުތަކަށް ޝަރުޠު ހަމަވާ މީހުން ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. 

- މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ޤައުމީ ކުބުޚާނާގެ މީޓިންގ ރޫމްގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށާއި، މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 5 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

- މި މަޤާމުތަކަަށް ހޮވޭ މުވައްޒަފުން މަސައްކަތްކުރަން ޖެހޭނީ، ހެނދުނު 9:00 އާއި 18:00 އާ ދެމެދު، ޤައުމީ ކުތުބުޚާނާއިން ކަނޑައަޅާ ޑިއުޓީއަކަށް، އެއްގަޑިއިރުގެ ބްރޭކަކާއެކު، ދުވާލަކު 7 ގަޑިއިރުއެވެ. މަސައްކަތްކުރަންޖެހޭ ދުވަސްތައް ކަނޑައެޅޭނީ އެމެރިކަން ސެންޓަރުގެ ޕްރޮގްރާމް ކަލަންޑަރާ އެއްގޮތަށެވެ. މި މަޤާމަށް ހޮވޭ މުވައްޒަފަކީ ބަންދުދުވަސްތަކުގައި ވަޒީފާއަށް ނުކުމެވޭނެ މުވައްޒަފަކަށް ވާންވާނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ.
  • (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލިމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓުވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ).
  • (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރިޑެޓްކުރަން ނުޖެހޭނެއެވެ) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްތުގެ ތަޖުރިބާ  ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން އޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2017 ޖަނަވަރީ 05 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ޤައުމީ ކުތުބުޚާނާ (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާސާރުގެ ޢިމާރާތް)
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ،  ރަސްމީ ގަޑީގައި،  3323944 ނަންބަރު ފޯނާއެވެ.
02 ޖަނަވަރީ 2017
ހޯދާ