މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑީ.އެސް.އެލް.އާރު ކެމެރާއަކާއި، ކެމެރާ ލެންސެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި ކޯޕަރޭޝަނަށް ޑީ.އެސް.އެލް.އާރު. ކެމެރާއަކާއި ކެމެރާ ލެންސެއް ގަންނަން ބޭނުންވެއެވެ.   

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 10 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 15 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ ގަލޮޅު ދަނޑުގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ހެނދުނު 8:00 އިން މެންދުރު 15:00 އަށް) ގުޅުއްވާނީ، 3336725 ނަންބަރު ފޯނަށެވެ.

03 ޖަނަވަރީ 2017
ހޯދާ