މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމަކާއި މޮނިޓަރެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި ކޯޕަރޭޝަންގެ ގްރެފިކްސް މަސައްކަތްކުރުމަށްޓަކައި 1 ހައި ޕަރފޯމަންސް ކޮމްޕިއުޓަރ ސިސްޓަމާއި 1 މޮނިޓަރ ގަންނަން ބޭނުންވެއެވެ.   

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 15 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ ގަލޮޅުދަނޑުގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ހެނދުނު 8:00 އިން މެންދުރު 15:00 އަށް) ގުޅުއްވާނީ، 3336725 ނަންބަރު ފޯނަށެވެ.

03 ޖަނަވަރީ 2017
ހޯދާ