ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކަނޑުދަތުރުކުރާނެ އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

އިޢުލާން

މި އެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުންނާއި ހުޅުމާލެ ހާފްވޭ ހައުސްއިން ކ.މާލެއާ ދެމެދުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކަނޑުދަތުރުކުރާނޭ އުޅަނދެއް މި އެޖެންސީއަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

11 ޖަނަވަރީ 2017

ބުދަ

10:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

17 ޖަނަވަރީ 2017

އަންގާރަ

11:00 (މެންދުރުކުރި)

5 ރަބީޢުލްއާޚިރު 1438

03 ޖަނަވަރީ 2017
ހޯދާ