ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން                      މަޤާމުގެ ރޭންކް: އެމް. އެސް. 1

ބޭނުންވާ އަދަދު:    

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް/ އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

 

ޢިނާޔަތްތައް: 

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ކައުންސިލް އިދާރާގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކޮށް، އެކަންކަން ހިންގައި ބެލެހެއްޓުން.

2. ކައުންސިލުގެ ވެބްސައިޓް އަޕްޑޭޓްކޮށް، ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

3. ކައުންސިލުގައި ބޭނުންކުރާ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ހުރިހާ ތަކެއްޗެއްގެ ދަފްތަރެއް ހަދައި، އެ ދަފްތަރު ބެލެހެއްޓުން.

4. ކައުންސިލް އިދާރާގެ ހިއުމަން ރިސޯސަސް ސޮފްޓްވެއަރއާއި ޑޮކިއުމެންޓް މެނޭޖަރ (އެންޓްރީ  ޕްރޮގްރާމް) ބޭނުންކުރުމަށް މުވައްޒަފުން ތަމްރީނުކޮށް އަހުލުވެރިކުރުވުމާއި، އެ ޕްރޮގްރާމްތަކަށް ދިމާވާ މައްސަލަތަކާއި، ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޙައްލުކޮށްދިނުން.

5. ކައުންސިލް އިދާރާގެ  ކޮމްޕިއުޓަރ ނެޓްވޯރކް ބެލެހެއްޓުން.

6. ކައުންސިލް އިދާރާގެ މެޝިނަރީއާއި ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ބަލައި، އެ މައްސަލަތައް ޙައްލުކޮށްދިނުން.

7. ކައުންސިލް އިދާރާގެ އައިޓީ ހާޑްވެއަރއަށް ދިމާވާ މައްސަލަތައް ބަލައި، އެ މައްސަލަތައް ޙައްލުކޮށްދިނުން.

8. ކައުންސިލް އިދާރާގެ މެޝިނަރީއާއި އިކްވިޕްމެންޓްތައް މަރާމާތުކޮށް ބެލެހެއްޓުން.

9. ޓެލެފޯނާއި ފެކްސް މެޝިނާއި ރޭޑިޔޯ ޓެލްފޯން ސެޓްތަކަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުން.

10. ކައުންސިލް އިދާރާގެ ނެޓްވާރކްގައި މައްސަލައެއް ދިމާވެއްޖެނަމަ އެކަން ރަނގަޅުކުރުވުމާއި، ނެޓްވާރކް އިތުރު ތަންތަނަށް އަޅަންޖެހިއްޖެނަމަ، އެ މަސައްކަތްވެސް ކުރުމާއި، ކުރުވުން.

11. ކައުންސިލްގެ ސާވަރއަށް ދިމާވާ މައްސަލަތައް ބަލައި، މައްސަލަ ޙައްލުކޮށްދިނުން.

12. ކުރެވޭ އީ-މެއިލްގެ މުޢާމަލާތްތައް އެކްސްޗޭންޖް ސާވަރ މެދުވެރިކޮށް، ކުރެވޭ ފެންވަރަށް އިންސްޓޯލްކުރުން.

13. ކައުންސިލް އިދާރާގެ ފޯނުތަކާއި ފެކްސް، އެކްސްޓެންޝަންތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.

14. ކައުންސިލްގެ ސާވަރގެ މެއިންޓަނަންސް މަސައްކަތްތައް ކުރުން.

15. ކައުންސިލްގެ އައު ސިސްޓަމްތަކަށް ސޮފްޓްވެއަރ އެޅުމާއި، ނެޓްވާރކް އެޅުން.

16. އިންޓަރނެޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުން.

17. ކައުންސިލްގައި ބޭނުންކުރާ އައިޓިއާ ގުޅުންހުރި އެހެނިހެން ހާޑްވެއަރ އިންސްޓޯލްކުރުން.

18. ކައުންސިލްގެ ވެބްސައިޓާއި، އެންޓިވައިރަހާއި، އިންޓަރނެޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.

19. ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.

20. ކައުންސިލް އިދާރާގެ ބޭނުމަށް ހޯދޭ ސޮފްޓްވެއަރތަކާއި، އެ ސޮފްޓްވެއަރތަކުގެ ޑާޓާބޭސް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

21. ޚާއްޞަ ވާޖިބުތަކުގެ އިތުރުން، މުޅި ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީ ކަންކަމާއި، އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.

 

 

މަޤާމުގެ ޝަރުޠު ހަމަވޭތޯ ބެލޭނެ ދާއިރާތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެޝަރުޠު ކަނޑަ އެޅުމުގައި ބެލެވޭނެ ދާއިރާތައް:

1. މެނޭޖްމަންޓް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ

2. ކޮމްޕިއުޓަރ ސައެންސް

3. ކޮމްޕިއުޓަރ ނެޓްވޯކް

4. ކޮމްޕިއުޓޭޝަނަލް އިންޖިނިއަރިންގ

5. ޑިޖިޓަލް ނެޓްވޯކް އިންޖިނިއަރިންގ

6. އިންފޮމޭޝަން ޓެކްނޮލޮޖީ

 

ވަޒީފާއަށް ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. ވަޒީފާގެ ޝަރުޠު: % 11 

2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު: % 38

3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: % 8

4. ލިބިފައިވާ ހުނަރު (އިންޓަވިޔު) % 43  

އެޕްލިކޭޝަން  ފޮނުވަންވީ ތާރީޚާއި ތަން:

2017 ޖަނަވަރީ 9 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް.

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.,mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ. މެއިލް އެޑްރެސް ހިމަނައިގެން)

3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސައރވިސްގެ ވަޒީފާއަކަށް ހޮވިޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް. 

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމުގެ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސް ކްރިޕްޓުގެ ކޮޕީ.

ށ. ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ހިންގަވާ ކޯސްތަކުން ކޯހެއް ފުރިހަމަކޮށްފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

7. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

އިންޓަވިއު ކުރާނެ ތާރީޚާއި، ތަން:

ކޮމްޕިއުޓަރ ޓެކްނީޝަން  މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިޔު އޮންނާނީ، 10 ޖަނަވަރީ 2017  އާއި 29 ޖަނަވަރީ 2017 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ނޯޓު:

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

އިތުރު  މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6620331 ނަންބަރު ފޯނަށް، ނުވަތަ 6620261 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ،

6620043 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

30 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016
ހޯދާ