މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް އިޞްލާޙުކުރުން

ސަރކިއުލަރ

އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް އިޞްލާޙުކުރުން

ތިރީގައިވާ ލިޔުންތަކާ ހަވާލާދީ ދަންނަވަމެވެ.

  • ޓެކްސް ރޫލިންގ TR-2015/G27 (ޓެކްސް ރޫލިންގ TR-2015/G23 އަށް 1 ވަނަ އިޞްލާޙު ގެނައުން) އާއި ޓެކްސް ރޫލިންގ TR-2016/G34 (ޓެކްސް ރޫލިންގ TR-2015/G23 އަށް 2 ވަނަ އިޞްލާޙު ގެނައުން) އަދި ޓެކްސް ރޫލިންގ TR-2016/G38 (ޓެކްސް ރޫލިންގ TR-2015/G23 އަށް 3 ވަނަ އިޞްލާޙު ގެނައުން) މެދުވެރިކޮށް އިޞްލާޙުކުރެވިފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2015/G23 (ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް)
  • ސަރކިއުލަރ ނަންބަރު 220-TP/CIR/2015/5 (އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް)
  • ސަރކިއުލަރ ނަންބަރު 220-TP/CIR/2015/06 (އިންޕުޓް ޓެކްސް ސްޓޭޓްމަންޓްއާއި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް އިޞްލާޙުކުރުން)

އިޞްލާޙުކުރެވިފައިވާ ޓެކްސް ރޫލިންގ TR-2015/G23 ގެ 5 ވަނަ ޕެރެގްރާފްގެ (ނ) ގައި ބަޔާންކޮށްފައިވާ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްގެ ފޯމެޓް މި ސަރކިއުލަރގެ އެނެކްސް 1 ގައިވާ ގޮތުގެ މަތިން އިޞްލާޙުކޮށްފީމެވެ. އިޞްލާޙުކުރެވިފައިވާ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓާއި އެ ސްޓޭޓްމަންޓް ފުރިހަމަކުރާނެ ގޮތުގެ އިރުޝާދު މީރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.  

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އިޞްލާޙުކުރެވިފައިވާ ޓެކްސް ރޫލިންގ TR-2015/G23 ގެ 15 ވަނަ ޕެރެގްރާފްގެ ދަށުން އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭ ފަރާތްތަކުން، 1 ޖަނަވަރީ 2017 ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅަންޖެހޭނީ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްގެ ވަރޝަން 16.1 އެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ނުވަތަ އިޞްލާޙުކުރެވިފައިވާ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ފުރިހަމަކުރާނެ ގޮތް ކިޔައިދޭ ތަމްރީނު ސެޝަނެއް ހަމަޖައްސަވަން ބޭނުންފުޅުވެލައްވާނަމަ މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 ޑިސެންބަރު 2016
ހޯދާ