މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ބަޔާން އޮންލައިންކޮށް ހުށަހެޅުން ލާޒިމުކުރުން

ސަރކިއުލަރ

ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ބަޔާން އޮންލައިންކޮށް ހުށަހެޅުން ލާޒިމުކުރުން

29 ޑިސެންބަރު 2016 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2016/A10 (ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ބަޔާން އޮންލައިންކޮށް ހުށަހެޅުން ލާޒިމުކުރުން) އާ ޙަވާލާދީ ދަންނަވަމެވެ.

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މައްޗަށް 20 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން، 1 ޖަނަވަރީ 2017 ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް މީރާއަށް ހުށަހަޅާ ޓޫރިޒަމް ދާއިރާ ނޫން ދައިރާތަކުގެ ޖީ.އެސް.ޓީ ބަޔާން (MIRA 205) މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމަށް ހަވާލާދީފައިވާ ޓެކްސް ރޫލިންގއިން ލާޒިމުކުރެއެވެ.

މީރާކަނެކްޓަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތައް މީރާކަނެކްޓަށް ރަޖިސްޓަރީކުރުމަށްފަހު ކަމާބެހޭ މަޢުލޫމާތު މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެހަށް ފޮނުވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 ޑިސެންބަރު 2016
ހޯދާ