މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މަސްކަނޑާފައި ހުންނަ ބޮލާއި ކަށިފައްޗާއި އެފަދަ އެހެން ތަކެތި ގަންނާނެ ފަރާތެއް ހޯދުން

އިޢުލާން

ކ. ކަނޑުއޮތްގިރީގައި މަސްކަނޑާފައި ހުންނަ ބޮލާއި ކަށިފައްޗާއި އެފަދަ އެހެން ތަކެތި ގަންނާނެ ފަރާތެއް ހޯދުން:

ކ. ކަނޑުއޮތްގިރީގައި މަސްކަނޑާފައި ހުންނަ ބޮލާއި ކަށިފައްޗާއި މަސްކަނޑާތަން ސާފުކުރުމުން ނެގޭ އެހެނިހެން ތަކެތި، އެންމެ މަތީ އަގަކަށް ގަންނާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ތަކެތި ގަންނަ ފަރާތަކުން، ކޮންމެ ދުވަހަކުވެސް މިތަކެތި ގެންގޮސް ތަން ސާފުކުރަންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 5 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މިފްކޯ ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މިފްކޯއަށް ހާޒިރުވެ ޕްރަޕޯޒަލް ހުށަހެޅުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ ޕްރަޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.

28 ރަބީޢުލްއައްވަލް 1438

27 ޑިސެންބަރު 2016
ހޯދާ