ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ހިންގައި ބެލެހެއްޓުމާއި ކުނި އުފުލައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

އިޢުލާން

ކުނިކޮށި ހިންގައި ބެލެހެއްޓުމާއި ކުނި އުފުލައިދޭނެ ފަރާތެއް ހޯދުމާބެހޭ

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1. ރަށުތެރެއިން (ގޭބިސީތަކާއި ވިޔަފާރިކުރާ ތަންތަނާއި އޮފީސްތަކާއި އެހެނިހެން ތަންތަނުން) ކުނި ކަލެކްޓްކޮށް ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް އުފުލުމުގެ މަސައްކަތް.

2. ގދ. މަޑަވެލީ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ހިންގައި ބެލެހެއްޓުން.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މަސައްކަތްތަކަށް ވަކިވަކިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

ވަގުތު

ދުވަސް

ތާރީޚު

 

10:00

އާދީއްތަ

08 ޖަނަވަރީ 2017

މަޢުލޫމާތު ސާފުކުރުން

10:00

ބުރާސްފަތި

12 ޖަނަވަރީ 2017

އަންދާސީހިސާބު ހުށަހެޅުން

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޑިސެންބަރު 2016
ހޯދާ