ފިނޭ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި ސުކޫލުގެ ނަންބަރު:(iu)GS99/2016/25  އިޢުލާނާ ގުޅިގެން ސެކިއުރިޓީ ބަލެހެއްޓުމަށް ލާފައިވާ ފަރާތްތައް މަދުވުމުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.

2017 ވަނަ އަހަރުގެ ޖަނަވަރީ 1 ން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގައެވެ.

މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

ގަޑި

ދުވަސް

ތާރީޚު

ތަފުސީލު

13:00

އާދީއްތަ

08 ޖަނަވަރީ 2017

މަޢުލޫމާތު ސާފުކުރުން

13:00

ބުދަ

11 ޖަނަވަރީ 2017

އަންދާސީހިސާބު ހުށައެޅުއްވުން

މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެ ފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

28 ޑިސެންބަރު 2016
ހޯދާ