މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ - ކަމް- މެއިލް ކްލިއަރެންސް އޮފިސަރ

 އިޢުލާން

 ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑްރައިވަރ - ކަމް- މެއިލް ކްލިއަރެންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އެލަވަންސް:

- މުސާރަ: މަހަކު -/5130 ރުފިޔާ (ފަސްހާސް އެއްސަތޭކަ ތިރީސް ރުފިޔާ)

- ސަރވިސް އެލަވަންސް: މަހަކު -/1980 ރުފިޔާ (އެއްހާސް ނުވަސަތޭކަ އަށްޑިހަ ރުފިޔާ)

- ފުޑް އެލަވަންސް: އެއަރޕޯޓުގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން ކޮއްތު ފައިސާ ލިބޭނެއެވެ.

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް:

މެއިލް އޮޕަރޭޝަންސް ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

1. ގްރޭޑް 7 ގެ ފެންވަރު ހުރުމާއި، ކުރެވޭ އިންޓަވިއުން ފާސްވުން. ނުވަތަ،

2. ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން.

3. B1,A1 ކެޓަގަރީތަކުގެ ޑްރައިވިންގ ލައިސަންސް އޮތުމާއެކު، ކުރެވޭ އިންޓަވިއުއަކުން ފާސްވުން.

4. މަސައްކަތުގެ މާޙައުލުގައި މުޢާމަލާތްކުރަންޖެހޭ ފަރާތްތަކާއި ރަނގަޅަށް މުއާމަލާތްކުރަން އެނގޭ މީހަކުކަމުގައިވުން.

5. ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ޞިއްޙަތެއްގެހުރި މީހެއްކަމުގައިވުން.

6. އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.

7. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރު ބަޔާންކޮށްފައި އޮތުން)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ

4. ވަޒީފާ އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.

ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 ޖަނަވަރީ 8 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 3 ވަނަ ފަންގިފިލާގައި ހުންނަ، މި އޮފީހުގެ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހި ރާއްޖެ

އިތުރު މަޢުލޫމާތު:

1. މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.

2. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް، ނުވަތަ 3009272 ނަންބަރު ފޯނަށް، ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

28 ރަބީޢުލްއައްވަލް 1438

27 ޑިސެންބަރު 2016
ހޯދާ