ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބެޗްލަރ އޮފް އާރޓްސް އިން އިންޓީރިއަރ ޑިޒައިން

އިޢުލާން

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖަނަވަރީ 2017 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނާނީ 2017  ޖަނަވަރީ 2 ވާ ހޯމަދުވަހުން ފެށިގެން  2017  ޖަނަވަރީ 19  ވާ ބުރާސްފަތިދުވަހުގެ ނިޔަލަށެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ

ބެޗްލަރ އޮފް އާރޓްސް އިން އިންޓީރިއަރ ޑިޒައިން

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ، ފުލްޓައިމް

ކޯހަށް ވަނުމަށް ބޭނުންވާ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް / އެޗް.އެސް.ސީ އިމްތިޙާނުތަކުން މަދުވެގެން 2 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޓާގެޓް ކޯހާ ގުޅޭ، ޔުނިވަރސިޓީގެ ފައުންޑޭޝަން ލެވެލް 2 ނުވަތަ އެމް.ކިޔު.އޭ ގަބޫލުކުރާ އެ ފެންވަރުގެ ފައުންޑޭޝަން ކޯހަކުން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުން ހުރި ދާއިރާއަކުން، އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރުވެފައި ވުމާއި، އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، އެމް.ކިޔު.އޭ ގަބޫލު ކުރާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ

ބ. އުމުރުން 20 އަހަރުވެފައި ވުމާއި، ސާނަވީ ސްކޫލް (ގްރޭޑް 10) ނިންމާފައި ވުމާއި، ގުޅުން ހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، އެމް.ކިޔު.އޭ ގަބޫލުކުރާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން.  

 

02 ޖަނަވަރީ 2017
ހޯދާ