ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބ. އަތޮޅު ގޮފި ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުން

އިޢުލާން

މި އޮފީހުގެ ބ. އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތާއި، ގޯތިތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މި އޮފީހުގެ ނަންބަރު: 103/2016/1/C-196(IUL) އިޢުލާނާ ގުޅިގެން ދެފަރާތުން އަންދާސީހިސާބު ހުށަހަޅާފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2017 ޖަނަވަރީ 09 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހުގެ ބ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 15 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު، މިއޮފީހުގެ ބ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ ބ. އަތޮޅު ގޮފި ހިނގަމުންދަނީ ބ. އޭދަފުށީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މަލްޓިޕާރޕަސް ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު: 3003260 ފޯނަށް ނުވަތަ ބ. އަތޮޅު ގޮފީގެ ނަންބަރު: 6608501 ފޯނަށް ގުޅުއްވުން އެދެމެވެ.

04 ރަބީޢުލްއާޚިރު 1438

02 ޖަނަވަރީ 2017
ހޯދާ