މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކ.މާފުށީގައި އެޖެންސީ ޕޯސްޓް އޮފީހެއް ހިންގައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކ.މާފުށީގައި އެޖެންސީ ޕޯސްޓު އޮފީހެއް ހިންގައި ދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ކުންފުނިން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކ.މާފުށީގައި އެޖެންސީ ޕޯސްޓު އޮފީހެއް ހިންގައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަނެއް 2017 ޖަނަވަރީ 05 ވާ ބުރާސްފަތިދުވަހުގެ 14:30 ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 5 ވަނަ ފަންގިފިލާގައި އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

30 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016
ހޯދާ