މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މާލޭ އިންޑަސްޓްރްރިއަލް ވިލެޖުގައި ލޮޖިސްޓިކްސް ބިލްޑިންގް ތަރައްޤީކުރުމުގެ މަޝްރޫޢު

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާލޭ އިންޑަސްޓްރްރިއަލް ވިލެޖުގައި ލޮޖިސްޓިކްސް ބިލްޑިންގ ތަރައްޤީކުރުމުގެ މަޝްރޫޢު

1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ބޭނުމަށް، މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޕްރީފެބްރިކޭޓަޑް ލޮޖިސްޓިކްސް ބިލްޑިންގތަކެއް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު IUL)13-K1/13/2016/227) އިޢުލާނަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ޖަނަވަރީ 26، 2017 ގެ ނިޔަލަށް އިތުރުކޮށްފީމެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ، ކަމުގެ ޤާބިލިއްޔަތުކަން ހުރި ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ 20،309 އަކަމީޓަރު ގެ ސަރަހައްދެއްގައި ޕްރީފެބްރިކޭޓަޑް އުސޫލުން ހެދުމަށް ހަމަޖެހިފައިވާ ލޮޖިސްޓިކްސް ބިލްޑިންގތަކުގެ އާކިޓެކްޗަރަލް އަދި އިންޖިނިއަރިންގ ޑިޒައިން ހެދުމާއި، ކޮންސްޓްރަކްޝަން މަސައްކަތެވެ.

3. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 26 ޖަނަވަރީ 2017 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08.30 އިން 13:30 އަށް މި މިނިސްޓްރީ އިންނެވެ. ބީލަންފޮތުގެ ސޮފްޓު ކޮޕީ މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2017 ޖަނަވަރީ 9 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑުރެހަށެވެ.

5. މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 500,000 (ފަސް ލައްކަ) ޔޫ.އެސް.ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 218 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

6. މި ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 180 ދުވަހެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 2017 ޖަނަވަރީ 30 ވާ ހޯމަދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. މި ބީލަން ހުޅުވާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހާޒިރުވާން ބޭނުންވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތާއި، ކޮންޓްރެކްޓްގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 9603349107, 9603349266

ފެކްސް: 9603320706

އީ މެއިލް:[email protected]

f[email protected]

29 ޑިސެންބަރު 2016
ހޯދާ