ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޭސް އޮފިސަރ (ގްރޭޑް 2)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ކޭސް އޮފިސަރ (ގްރޭޑް 2)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/6,510 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/3,000 ރުފިޔާ

ރިސްކް އެލަވަންސް: މަހަކު -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: މި އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު: ލަންޑަން ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއި، އެޑްމިނިސްޓްރޭޓިވް ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ހާޒިރީ އެލަވަންސްގެގޮތުގައި، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދޭ ފަރާތްތަކުން، 2017 ޖަނަވަރީ 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި އޮފީހަށް ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި އޮފީހުގެ 3003289 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ވަނަވަރު

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން.

29 ރަބީޢުލްއައްވަލް 1438

28 ޑިސެންބަރު 2016
ހޯދާ