މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ކައުންސިލްގެ ޤާނޫނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ކައުންސިލުގެ ޤާނޫނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މި ކައުންސިލަށް ބޭނުންވާ ޤާނޫނީ މަސައްކަތްތަކެއް އުޖޫރައަކާ ނުލައި ކޮށްދޭނެ ޤާނޫނީ ވަކީލުން / "ލޯފާރމްސް" ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 09 ވާ ހޯމަދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކައުންސިލަށް ތިރީގައި ބަޔާން ކުރެވިފައިވާ ލިޔުންތަކާއެކު ސިޓީ / ޕްރޮޕޯސަލްތައް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • އަމިއްލަ ފަރުދެއްނަމަ (ކަރިކިލަމް ވިޓާ / ސީވީ)
  • ލޯފާމް / ޕާރޓްނަރޝިޕް (ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ޕްރޮފައިލް)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ލޯޔަރުންގެ ވަކާލާތު ކުރުމުގެ ހުއްދަތަކުގެ ކޮޕީ

މި އިޢުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މި ކައުންސިލްގެ ނަންބަރު 3003886/3003995 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

28 ރަބީޢުލްއައްވަލް 1438

28 ޑިސެންބަރު 2016
ހޯދާ