މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދާބެހޭ

އިޢުލާން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިޢުލާން ނަންބަރު IUL/182-FCD/2016/17 އަށް ޙަވާލާދީ ދަންނަވަމެވެ.

16 ޖަނަވަރީ 2017 އިން ފެށިގެން "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެދަށުން ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީނުކޮށް ދިވެހި ލޭބަލް ނެތި ވިއްކަން ބެހެއްޓުމަކީ މަނާކަމެއްކަމުގައި ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް، މިފަދަ އުފެއްދުންތަކުގައި ދިވެހިބަހުން ލޭބަލް ޖެހުމަކީ މި ތަކެތި ރާއްޖެއަށް އެތެރެކުރާ ބައެއް ފަރާތްތަކަށް ދަތިވާ ކަމަކަށްވާތީ މިކަމަށް ޙައްލެއް ހޯދައި، ގަވާއިދަށް ބަދަލެއް ގެންނަން ޖެހޭނަމަ މިކަން ކުރުމަށް މި އޮތޯރިޓީއަށް ވަގުތު ބޭނުންވާކަން ފާހަގަކުރަމެވެ.

އެހެންކަމުން، ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ އުފެއްދުންތަކުގައި ދިވެހިބަހުން ލޭބަލް ޖެހުމާމެދު ގޮތެއް ނިންމައި، ވަކިގޮތެއް އަންގަންދެން ދިވެހިބަހުން ލޭބަލްޖެހުން ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ދިވެހި ލޭބަލް ފިޔަވައި ރަޖިސްޓްރޭޝަނަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމުން ޕްރޮޑަކްޓްގެ އޮރިޖިނަލް ލޭބަލް ގަވާއިދާ އެއްގޮތަށް ވާނަމަ، ޕްރޮޑަކްޓް ރަޖިސްޓަރީކޮށްދެވޭނެ ކަމުގައިވެސް ދަންނަވަމެވެ. ވީމާ، މި ބަދަލާގުޅިގެން ރަޖިސްޓަރީނުކޮށް ތުއްތު ކުދިންނަށް ޚާއްޞަ ކާނާއާއި، މިގަވާއިދުގައި ކަނޑައެޅިފައިވާ އެހެނިހެން އުފެއްދުންތައް ވިއްކަން ބެހެއްޓޭނެ އެންމެފަހުގެ ތާރީޚަކީ 25 މާރިޗު 2017 ކަމުގައި ކަނޑައަޅައި އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

29 ޑިސެންބަރު 2016
ހޯދާ