ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕީއެސްއެމް އަށް ގަންނަން ބޭނުންވާ ބައެއް ތަކެތި

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

ޕީއެސްއެމް އަށް ބޭނުންވާ ''އެލްއީޑީ ލައިޓް ޕެނަލާއި، އޮޕްޓިކަލް ޑިސްކް ޑްރައިވް އަދި އޮޕްޓިކަލް ޑިސްކް ކާޓްރިޖް '' ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL) PSM-FP/PSM/2016/261 އިޢުލާނާ ގުޅިގެން ލޮޓް އޭގައި މަޢުލޫމާތު ދީފައިވާ ތަކެއްޗަށް ހުށަހަޅާފައިވާ އަގުބޮޑުވުމުގެ ސަބަބުން ބާޠިލުކޮށް، އެލޮޓްގައިވާ އެލްއީޑީ ލައިޓް ޕެނަލާ ގުޅޭ ތަކެތި ގަތުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖަނަވަރީ 02 ވާ ހޯމަދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖަނަވަރީ 05 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

28 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016
ހޯދާ