ފޮއްދޫ ސުކޫލް ނ. ފޮއްދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާނު

އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު /2016/54(IUL) GS118 (08 ޑިސެންބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

01 ޖަނަވަރީ 2017 އިން ފެށިގެން 31 ޑިސެންބަރު 2017 އަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ ގެ ކުއްޔަށް ދެއްވަން ބޭނުންވާ ފަރާތްތަކުން 03 ޖަނަވަރީ 2017 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13.00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެށްވުމަށްފަހު 12 ޖަނަވަރީ 2017 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 13:00 އަށް މި ސްކޫލަށް ވަޑައިގެން ކުއްޔަށްދެއްވާނެ އަގު އެނގޭނެހެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު ގޯއްޗާއި ގޭގެ ފްލޯޗާޓާއި އިންވެންޓްރީ ލިސްޓު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކުއްޔަށް ދޫކުރާ ގޭގައި މިދަންނަވާ ފަސޭހަތައް ލިބެން ހުންނަންވާނެއެވެ.

  • ގޭގެ ދިއްލުންތަކާއި، ފަންކާއާއި، ފެން ނަގާ ޕަމްޕު ފަދަ އަސާސީ އިލެކްޓްރިކު ފިޓިންގްސްއާއި މި ދެންނެވުނު ފަދަ އަސާސީ އެންމެހައި ތަކެތި.

  • ފެން ނަގާ ވަޅާއި، ބޯފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުމާއި، ފެންވަރާ ފެނުގައި އެއްވެސް ބާވަތެއްގެ ތަޣައްޔަރު ކަމެއް ހުރިނަމަ އެކަން ހުންނަން ވާނީ ޙައްލުވެފައެވެ.

  • ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ފަސޭހަތައް.

  • ސްކޫލާ ކައިރި، އަދި ފަސޭހައިން، އިތުރު ބަޔަކާއެކު ނުވެވޭގޮތަށް ވަދެނިކުމެވޭގޮތަށް ހުރުން.

  • ރަށުގެ އާންމު ދިރިއުޅުމުގައި އާންމުކޮށް މުނިފޫހިފިލުވުމަށް މި ޒަމާނުގައި ބޭނުންކޮށް އުޅޭ ކޭބަލް ޓީ.ވީ ފަދަ ފަސޭހަތައް.

މި ދެންނެވި ޚިދުމަތްތައް ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ އެއްވެސް އުޖޫރައެއްނެތި އެ ޚިދުމަތް ލިބެން ހުންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް 6560570/6561807 ނަންބަރު ފޯނާއެވެ.                                                                  

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ރަބީޢުލްއައްވަލް 1438  

29 ޑިސެންބަރު 2016
ހޯދާ