އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މެއިންޓެނެންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މެއިންޓެނެންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

4 .އެސް. އެސް

ސެކްޝަން:

އެޑްމިނިސްޓްރޭޓިވް ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/4،340 ރުފިޔާ (ހަތަރުހާސް ތިންސަތޭކަ ސާޅީސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ (އެއްހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45 (މަހަކު) 

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާގޮތަށް.

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

1. ގްރޭޑް 10 ނިންމާފައިވާ މީހަކުކަމުގައިވުން.

2. މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3. އަސާސީ ފެންވަރަށް ކޮމްޕިއުޓަރ ޢިލްމު ދަންނަ ފަރާތެއްކަމުގައިވުން.

4. ކަރަންޓުގެ މަސައްކަތްތަކާއި، ކުދިކުދި މަރާމާތުތައް ކުރުމުގެ ޤާބިލުކަންހުރުން.

5. އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް (ކާރާއި ޕިކަޕް ފަދަ ތަކެތި ހިމެނޭގޮތަށް) އޮންނަ ފަރާތެއްކަމުގައިވުން.

6. އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

7. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

8. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން، ޕާޓީން ވަކިވުން.

އެހެނިހެން ޝަރުޠު:

1. އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރުމުގެ ޤާބިލްކަން ހުރުން.

2. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ކޮމިޝަނުގެ އިދާރާގައި ކަރަންޓު ވައިރިންގަށް ދިމާވާ ކުދިކުދި މައްސަލަތައް ޙައްލުކުރުން.

2. ސެކްޝަން ހެޑްގެ ލަފާގެމަތިން ކޮމިޝަނުގެ އިދާރާގެ މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުން.

3. ސެކްޝަނުގެ އިދާރީ މަސައްކަތްކުރުން.

4. މަރާމާތާ ގުޅިގެން އެކި ފަރާތްތަކުން ހޯދަންޖެހޭ ކޯޓޭޝަންތައް ހޯދުން.

5. ދާއިމީ މުވައްޒަފުންނާއި، ވަގުތީ މުވައްޒަފުންގެ ވޯރކް ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތްކުރުން.

6. އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

7. މަރާމާތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު (- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.elections.gov.mv ގެ ވެބްސައިޓުންވެސް މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ޖީ.ސީ.އީ އޭލެވެލް، ޖީ.ސީ.އީ އޯލެވެލް، އެސް.އެސް.ސީ، އެޗް.އެސް.އެސް.ސީ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.)

4. ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

5. އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ (މަސައްކަތްކޮށްފައިވާ މުއްދަތު އެނގޭގޮތަށް) އެތަނަކުން ދޫކޮށްފައިވާ ލިޔުން.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖަނަވަރީ 9 ވާ ހޯމަދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިންޓަވިއު:

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިޔު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

- ފޯމު ބަލައިގަތުމަށްފަހު، ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ، އެ ފޯމެއް ބާާާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢުލީމް

15 މާކްސް

މަސައްކަތުގެ ތަޖުރިބާ

35 މާކްސް

އިންޓަވިޔު

50 މާކްސް

ޖުމްލަ

100 މާކްސް

ޝޯޓްލިސްޓު ކުރެވޭގޮތް:

- ޝޯޓްލިސްޓު ކުރާނީ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނާއި ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ، މަސައްކަތުގެ ދާއިރާއާ ގުޅޭ ސެޓުފިކެޓުތަކަށެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށެއް ނުބެލޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކްސް ދެވޭނީ، ތަޢުލީމަށް މާކްސްދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

30 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016
ހޯދާ