އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްކޫލުގެ ސެކިއުރިޓީ 1 އަހަރު ދުވަހަށް ބަލަހައްޓާނެ ފަރާތެއް ހޯދުމާ ގުޅޭ:

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ މިކަމަށް ޤާބިލު ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު އަރުވަމެވެ. 

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 13:00 ގައި މި ސްކޫލުގެ އޮފިހަށް ހާޒިރުވެ މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 2017 ޖަނަވަރީ 5 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މި ސްކޫލުގެ އޮފީހުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި، ރ. އަނގޮޅިތީމު ސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް ކޮންމެވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމަތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

27 ޑިސެންބަރު 2016
ހޯދާ