ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ފާރުގައި އަޅާފައިވާ ރެނދުތައް ބައްދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފާރުގައި އަޅާފައިވާ ރެނދުތައް ބައްދައިދޭނެ ފަރާތެއް ހޯދުމަށް:

މި ސްކޫލްގެ އިމާރާތްތަކުގެ ފާރުގައި އަޅަފައިވާ ރެނދުތައް ބައްދައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން 2016 ޑިސެންބަރު 18 ގައި ކުރި ނަންބަރު GS110/IUL/2016/32 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.

މި ސްކޫލުގައިވާ އިމާރާތްތަކުގެ ފާރުގައިވާ ރެނދުތައް އަމިއްލަ ތަކެތީގައި ބައްދައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 11:30 އަށް މި ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 8 ވާ އާދީއްތަދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް، މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ، 6540582 ނަންބަރާ ގުޅުމުން އެ މަޢުލޫމާތު ދެވޭނެއެވެ.

25 ޑިސެންބަރު 2016
ހޯދާ