ހިމަންދޫ ސްކޫލް، އ.އ. ހިމަންދޫ
ދިވެހިރާއްޖެ
ޕިކަޕެއް ހޯދުމަށް

އިޢުލާން

އއ. ހިމަންދޫ ކައުންސިލްގެ އިދާރާގެ ބޭނުމަށް 2 ޓަނުގެ މެނުއަލްގިޔަރ ޕިކަޕެއް ރާއްޖެއިންބޭރުން އެތެރެކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)346/346/2016/35  (23 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން 3 ފަރާތުން ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުން

މި ކައުންސިލްގެ ބޭނުމަށް 02 ޓަނުގެ މެނުއަލްގިޔަރ ޕިކަޕެއް ރާއްޖެއިންބޭރުން އެތެރެކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 4 ވާ ބުދަދުވަހުގެ 10:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 15 ވާ އާދީއްތަދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "އއ.ހިމަންދޫ ކައުންސިލްގެ ބޭނުމަށް 2 ޓަނުގެ މެނުއަލްގިޔަރ ޕިކަޕެއް ރާއްޖެއިންބޭރުން އެތެރެކޮށްދިނުމަށް އެދި" މިހެންލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ކައުންސިލްގެ ނައިބް ރައީސް ޒައިނަލް ޢިބާދު ފޯނު ނަންބަރު 7910210 ، އަދި ކައުންސިލްގެ މެންބަރު ހުޝާމް އިސްމާޢީލް 7948087 އެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • މަސައްކަތުގެ އަގަށް ދޭ މާކްސް
  • މާކްސްދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

70%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

  • ވޮރަންޓީ ދެވޭނެ މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އެންމެ ދިގު މުއްދަތަކަށް ވޮރަންޓީ ދޭ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ދިގު މުއްދަތަކަށް ވޮރަންޓީ ދޭ ފަރާތަކަށެވެ.

20%

ވޮރަންޓީ

(Profile marks / Benchmark Profile marks) x Allocated Percentage

  • ފުރޮޅުލީ ވެހިކަލް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވާ ފަރާތް
  • މާކްސް ދެވޭނީ އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން 04 ފުރޮޅުލީ ވެހިކަލް އެންމެގިނަ އަދަދަކަށް އެތެރެކޮށްފައއިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ ތަޖުރިބާގެ މެދުގައި ލިބޭ % އެއް

10%

ތަޖުރިބާ

23 ރަބީޢުލްއައްވަލް 1438

22 ޑިސެންބަރު 2016
ހޯދާ