އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މަހިބަދޫ ޕްރީސްކޫލް އައުޓްސޯސްކުރުން

އިޢުލާން

މަހިބަދޫ ޕްރީސްކޫލް އައުޓްސޯސްކުރުން

މި ކައުންސިލްގެ ފަރާތުން ހިންގަމުންދާ މަހިބަދޫ ޕްރީސްކޫލް އައުޓްސޯސް ކުރުމަށް ކައުންސިލްގެ 115 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. ވީމާ، ޕްރީސްކޫލް ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 5 ވަނަދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.

ހުށަހަޅާ ޕްރޮޕޯސަލްތަކުގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ. އަދި ފާހަގަކޮށްފައިވާ ކޮންމެކަމަކަށް 10-1 އާއި ދެމެދުގެ މާކްސް ލިބޭނެއެވެ.

  1. ޕްރީސްކޫލް ފަށަން ގަސްދުކުރާ ތާރީޚް.
  2. ޕްރީސްކޫލްގައި ހިންގާނެ ކްލާހުގެ އަދަދު. (ލަފާކުރާ)
  3. ކިޔަވައިދިނުމަށް ބޭނުންކުރާ މަންހަޖު.
  4. ދަރިވަރުންނަށް ހިންގާނެ އިތުރު ހަރަކާތްތައް.
  5. ނަގަން ގަސްދުކުރާ ފީ. (ދަރިވަރެއްގެ އަތުން)
  6. ޕްރީސްކޫލްގައި ކިޔަވައިދޭނެ ޓީޗަރުންގެ އަދަދު.
  7. ތަން ތަރައްޤީކުރުމަށް، ކުރަން ގަސްދުކުރާ ކަންތައްތައް.
  8. ކިޔެވުން ކުރިޔަށް ގެންދިޔުމަށް ގަސްދުކުރާ ދަންފަޅިތައް.
  9. މިފަދަ ސްކޫލެއް ހިންގުމަށް ޤާބިލު މުވައްޒަފުންނާ މެނޭޖްމަންޓެއް އޮތްކަން އެނގޭނެ ލިޔުންތައް.
  10. މިފަދަ ސްކޫލެއް ހިންގުމުގެ ޤާބިލުކަން ހުރި ފަރާތެއްކަން އަންގައިދޭ ލިޔުންތައް.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 ޑިސެންބަރު 2016
ހޯދާ