އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 5 (ފަހެއް)  

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (3 މަސްދުވަސް)

ވަޒީފާ އޮތް އޮފީސް: އިސްދޫ ކަލައިދޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ޝެކްޝަން، އިސްދޫ ކަލައިދޫ ސްކޫލް

ސަރވިސް

އެލަވަންސް

މަޤާމުގެ އަސާސީ

މުސާރަ

މަޤާމުގެ

ޝަރުޠު

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ރޭންކް

މަޤާމް

މަހަކު -/1،500 ރުފިޔާ

މަހަކު -/4،500 ރުފިޔާ

ހ- ސާނާވީ ތަޢުލީމު ފުރިހަމަކޮށްފައިވުން (ގުރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމައި، އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ. އަދި  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 3 ގެ ސަނަދެއް ހާސިލިުކޮށްފައިވާނަމަ، ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލޭނެއެވެ.)

-

-

ރިލީފް ޓީޗަރ

މަހަކު -/5،500 ރުފިޔާ

ށ- މަތީ ސާނާވީ ތަޢުލީމު ފުރިހަމަކޮށްފައިވުން (ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގުރޭޑް 12 ނިންމައި، އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

މަހަކު -/2،500 ރުފިޔާ

މަހަކު -/6،090 ރުފިޔާ

ނ- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

1. ޓެކްސް ފޮތުގައިވާ މަސައްކަތުގެ އިތުރުން، ކުލާހުގައިވާ އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށްވެސް އެހީތެރިކަން ދެވޭނޭގޮތަށް ސުޕަވައިޒަރުންނާއި އެޗް.އޯ.ޑީން އަންގަވާ ގަވާއިދެއްގެމަތީން ލެސަން ޕްލޭން ތައްޔާރުކޮށް، އެބޭފުޅުން ލައްވައި ޗެކްކުރުވުން.

2. މުޅިއަހަރުގެ މުޤައްރަރު 2 ޓާމަށް ބަހައިގެން ސްކީމް ތައްޔާރުކުރުން.

3. ވަކިވަކި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި، ކިޔަވައިދިނުން އެއާ އެއްގޮތަށް ބައްޓަންކޮށް، މުޤައްރަރުގައިވާ ބައިތައް ހާސިލުކުރުން.

4. ކުލާހަށް ދިއުމުގެ ކުރިން ކޮންމެ ދުވަހެއްގެ ލެސަނަށް ފުރިހަމައަށް ތައްޔާރުވެގެން ކުލާހަށް ދިއުމާއި، ދަރިވަރުންނަށް އެކަށީގެންވާފަދަ ކިޔެވުމުގެ މާހައުލެއް ޤާއިމްކުރުމާއި، ކިޔަވައިދޭ ގަޑިތަކަކީ ފޮތް މާކުކުރާ ގަޑިތަކަކަށް ނެހެދުން.

5. ކިޔަވައިދޭއިރު ހުރިހާ ކުދިންވެސް ސަމާލުކަމަށް ގެނައުން.

6. ކިޔަވައިދޭ ފިލާވަޅާ ގުޅޭ ކިޔަވައިދިނުމުގެ އެހީ ތައްޔާރުކުރުމާއި ބޭނުންކުރުން.

7. ވީހައިވެސް ބޮޑަށް ކުދިން އުނގަންނައިދޭ ހަރަކާތްތަކުގައި ބައިވެރިކުރުވައިގެން އުނގަންނައިދިނުން.

8. އިސްލާމް، ޤުރްއާން، ދިވެހި،ޕީއީ، ޕީއޭ ފިޔަވައި އެހެން މާއްދާތައް ކިޔަވައިދޭ ގަޑިތަކުގައި ދަރިވަރުން އިނގިރޭސިބަހުން ވާހަކަދެއްކުމަށް ބާރުއެޅުން.

9. ދިވެހިބަހުން ވާހަކަދައްކާ ގަޑިތަކުގައި ރީތި ދިވެހިބަސް ބޭނުންކުރުމަށް ބާރުއެޅުން.

10. ދަރިވަރުންނަށް އެ ދަރިވަރުންގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހިތްވަރުދިނުން.

11. ކިޔަވައިދޭ މާއްދާތަކަށް ދަށްކުދިން ފާހަގަކޮށް، ރިމީޑިއަލް ނެގުން.

12. ކުދިންގައި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ކިޔެވުމަށް ހުރަސްއަޅާފަދަ ކަމެއް ވޭތޯ ބަލައި، ސުޕަވައިޒަރުންނަށް އެކަން އެންގުން.

13. މުދައްރިސް، ދަރިވަރުންގެ ފެންވަރާމެދު ޒިންމާވާން ޖެހޭނެއެވެ.

14. ރިޕޯޓް ފޮތުގައި ޓިޕެކްސް ނުޖެހުން.

15. މުދައްރިސުން އެ މުދައްރިސުން ސެޝަނުގައި ލިބޭ ހުސްވަގުތައް ހޭދަކުރަންވާނީ ދަރިވަރުންނަށާއި ސްކޫލަށް ފައިދާހުރި ކަންކަމުގައެވެ.

16. ސެޝަނުގެ ފުރަތަމަ ބެލްޖެހުމާއެކު، ކްލާސް ޓީޗަރުން ކްލާސްތަކަށް ވަންނަންވާނެއެވެ.

17. ކްލާސް ޓީޗަރުން، ހާޒިރީ މާކްކޮށް، ހާޒިރީގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރަންވާނެއެވެ.

18. ހަވާލުކުރެވިފައިވާ ކުލާސްރެކޯޑްގައިވާ ބައިތައް ގަޑިންގަޑިއަށް ފުރިހަމަކުރުން.

19. ކްލާހަށް ކުދިން ވަނުމާއި ނުކުތުން ބަލަހައްޓަންވާނީ އެވަގުތަކު އެ ކްލާހެއްގައި ހުންނަ މުދައްރިސެކެވެ.

20. ކްލާސްތެރެ ސާފުތާހިރުކޮށް ބޭއްވުމަށް އަބަދުވެސް ދަރިވަރުންނަށް ބާރުއަޅަންވާނެއެވެ. އަދި ސެސަން ނިމިގެން ދަރިވަރުން ކުލާހުން ނެރުމުގެކުރިން، އެ ގަޑިއެއްގައި ކުލާހުގައިހުރި ޓީޗަރު ދަރިވަރުންގެ ޑެސްކާއި ތަޅުންމަތީގައިވާ ކުނިބުނި ދަރިވަރުންލައްވާ ނަގައި ޑަސްބިނަށް އަޅަން ޚާއްޞަ ސަމާލުކަމެއް ދިނުން.

21. ވީހައިވެސް ބޮޑަށް ކުދިންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވޭތޯ ބަލަންވާނެއެވެ.

22. ކްލާސް ޓީޗަރުން، ކްލާހަށް ހާޒިރުނުވާ ދަރިވަރުންނާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ކުލާސް އިންޗާޖަށް އަންގަންވާނެއެވެ.

23. ކުދިން ކްލާހުގައި ތިބޭއިރު އެކަށީގެންވާ ފަރާތެއްގެ ބެލުމުގެދަށުންނޫނީ ކްލާސް ދޫކޮށްލާފައި ގޮސްގެން ނުވާނެއެވެ.

24. ކްލާހަށް ހާޒިރުވާންވާނީ، ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެގެން، ބޭނުންވާ ހުރިހާ އެއްޗެއް ހިފައިގެންނެވެ.

25. ކިޔަވައިދޭ މާއްދާއިން ދަރިވަރުންނަށް ލިބޭ ކާމިޔާބާއި ނާކާމިޔާބީއެއް ބިނާވަނީ މުދައްރިސް ކޮށްދޭ މަސައްކަތުގެ މައްޗަށެވެ.

26. ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އިތުރު ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެފަރާތަކާ ހަވާލުވެފައިވާ ހަރަކާތެއް ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައިވާގޮތުގެމަތިން ރާވައި ހިންގަންވާނެއެވެ.

27. ދަރިވަރުންގެ ކިބައިން ފެންނަ ނުރަނަގަޅު ކަންތައްތައް އިޞްލާޙުކުރުމަށް މަސައްކަތްކުރުމާއެކު، ކަމާބެހޭ މަޢުލޫމާތު، ގުޅުންހުރި ފަރާތްތަކަށް ދޭންވާނެއެވެ.

28. ސްކޫލުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ވީހާވެސް ބޮޑަށް މަސައްކަތްކުރަންވާނެއެވެ.

29. އެ މުދައްރިސެއްގެ ކިޔަވައިދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރަންވާނެއެވެ.

30. ކިޔަވައިދޭ ގަޑީގައި ބޭކާރުގޮތުގައި ދަރިވަރުން ކްލާސް ތެރޭގައި އަޑުގަދަކޮށް، ހިނގައި ހެދިޔަ ދީގެން ނުވާނެއެވެ.

31. ހިންގަވާ ހުރިހާ ހަރަކާތްތަކެއްގެ ރެކޯޑް ބަލަހައްޓަން ވާނެއެވެ.

32. ކުލާސްތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަންޖެހޭނީ، އެވަގުތަކު އެ ކްލާހުގައި ހުންނަވާ މުދައްރިސެކެވެ.

33. ދަރިވަރުންގެ ކިބައިގައި ސާފުތާހިރުކަން އަށަގެންނެވުމަށް މަސައްކަތްކުރަންވާނެއެވެ.

34. ކިޔަވައިދިނުމާ ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތްކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

35. ސްކޫލުގެ އެއްވެސް އެއްޗެއް ސްކޫލަށް ފައިދާހުރިގޮތުގައި ނޫނީ ބޭނުންނުކުރާށެވެ.

36. ފަރުވާކުޑަކަމުން ސްކޫލުގެ އެއްވެސް އެއްޗަކަށް ގެއްލުމެއްވެއްޖެނަމަ، އެކަމުގެ ޒިންމާ އެމީހަކު އުފުލަންޖެހޭނެއެވެ.

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތު ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

4. ޕީ.އީ ޓީޗަރ ނެގުމުގައި ފިރިހެނަކަށް އިސްކަންދެވޭނެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ.

3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

6. ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމްވިޓާ (ސީވީ)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް، ސްކޫލުގެ އޮފީހަށް ހުށަހެޅުން.

ހުށަހަޅަންވީ ގޮތް:

2017 ޖަނަވަރީ 5 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އިސްދޫ ކަލައިދޫ ސްކޫލުގެ އިދާރާއަށެވެ.

ސުންގަޑި:

އިންޓަވިޔު އޮންނާނެ ތާރީޚެއް ފަހުން އެންގޭނެއެވެ.

އިންޓަވިއު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800743 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލޫމާތު:

28 ރަބީޢުލްއައްވަލް 1438

27 ޑިސެންބަރު 2016
ހޯދާ