ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ރިސޯސް ޓީޗަރ އިސްލާމް، ދިވެހި (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިސޯސް ޓީޗަރ އިސްލާމް، ދިވެހި (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 2 (ދޭއް)

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް: ވަށަފަރު ސްކޫލް / ހއ. ވަށަފަރު

މުއްދަތު: 3 މަސްދުވަސް

ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:  

1. ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިސޯސް ޓީޗަރުންނަށް، މުސާރައަށް މަހަކު -/3565 ރުފިޔާ، ސަރވިސް އެލަވަންސް: -/1500 ރުފިޔާ  

2. ސާނަވީ ތަޢުލީމް ހާސިލުކޮށް، "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ފާސް ލިބުމާއެކު، އިތުރު 2 މާއްދާއިން ފާސްވެފައިވާ ރިސޯސް ޓީޗަރުންނަށް މުސާރައަށް މަހަކު -/4000 ރުފިޔާ، ސަރވިސް އެލަވަންސް: -/1500 ރުފިޔާ (ފާސްކަމުގައި ބެލޭނީ، ދަށްވެގެން ޑީ ފާހެއް އޮތުމުންނެވެ.)

3. ޓީޗިންގ ސަރވިސް އޮފިސަރ 1 ގެ ޝަރުޠު ފުރިހަމަވާނަމަ، މުސާރައަށް މަހަކު -/5020 ރުފިޔާ، ސަރވިސް އެލަވަންސް: -/2500 ރުފިޔާ

4. ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ފުރިހަމަވާނަމަ، މުސާރައަށް މަހަކު -/5610 ރުފިޔާ، ސަރވިސް އެލަވަންސް: -/2500 ރުފިޔާ

5. ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ފުރިހަމަވާނަމަ، މުސާރައަށް މަހަކު -/6295 ރުފިޔާ، ސަރވިސް އެލަވަންސް: -/2500 ރުފިޔާ 

6. ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ފުރިހަމަވާނަމަ، މުސާރައަށް މަހަކު -/7035 ރުފިޔާ، ސަރވިސް އެލަވަންސް: -/2500 ރުފިޔާ 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:  

1. ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދިނުން.

2. ކިޔަވައިދޭ މާއްދާގެ ސްކީމް އޮފް ވޯކާއި، ލެސަން ޕްލޭން ތައްޔާރުކުރުން.

3. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

4. ސްކޫލުގެ ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:  

މި މަޤާމަށް މީހަކު ހޮވުމުގައި މި ދާއިރާއިން ހޯދާފައިވާ މަތީ ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، ކުރެވޭ އިންޓަވިއުއަށް ބެލޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީ 5 ވާ ބުރާސްފަތިދުވަހު، ވަށަފަރު މަދަރުސާގައެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ލިބިފައިވާ ސެޓުފިކެޓުތަކުގެ އަސްލާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލު ގެންނަންޖެހޭނެއެވެ.

ސުންގަޑި:  

2017 ޖަނަވަރީ 4 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ހއ ވަށަފަރު މަދަރުސާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6500538 ނަންބަރު ފޯނާއެވެ. އީ މެއިލްކުރާނީ، [email protected] އަށެވެ.

26 ރަބީޢުލްއައްވަލް 1438 

25 ޑިސެންބަރު 2016
ހޯދާ