މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
އޯލެވެލް އިމްތިޙާނަށް ބޭނުންވާ ތަކެތި ރައްކާކުރާ ކޮޓަރި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މާކުރަތު ސްކޫލްގެ އޯލެވެލް އިމްތިޙާނަށް ބޭނުންވާ ތަކެތި ރައްކާކުރާ ކޮޓަރި އިމާރާތްކުރުމާ ގުޅޭ:

މި ސްކޫލުން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް، އަމިއްލަ ތަކެތީގައި އޯލެވެލް އިމްތިޙާނަށް ބޭނުންވާ ތަކެތި ރައްކާކުރާ ކޮޓަރި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން އޮންނާނީ 2017 ޖަނަވަރީ 3 ވާ އަންގާރަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހޮވުމަށް ޕޮއިންޓްދިނުމުގައި ތިރީގައި މިދަންނަވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. މަސައްކަތުގެ އަގު: 65 ޕޮއިންޓް.
  2. މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތު: 25 ޕޮއިންޓް.
  3. މަސައްކަތުގެ ތަޖުރިބާ: 5 ޕޮއިންޓް.
  4. މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް: 5 ޕޮއިންޓް.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

28 ރަބީޢުލްއައްވަލް 1438

27 ޑިސެންބަރު 2016
ހޯދާ