ދިވެހިރާއްޖެ
އިޢުލާން
އިންޓަރނޭޝަނަލް ބޯޑަރ ހެލްތުން (ޕޯޓް ހެލްތުން) ނަގަމުން އަންނަ ފީގެ އަގުތަކަށް ބަދަލު ގެނައުމާއި، އައު ޚިދުމަތްތަކަށް ފީނެގުމާއި، ޖޫރިމަނާކުރުމާ ބެހޭ
ބައިނަލްއަޤުވާމީ ދަތުރުތަކުގައި ދިވެހިރާއްޖެއަށް އަންނަ، އަދި ދިވެހިރާއްޖެއިން ފުރާ އެންމެހައި ކަނޑުގެ އުޅަނދުފަހަރަށް "ޝިޕް ސެނިޓޭޝަން އެގްޒެމްޕްޝަން – އެސް.އެސް.އީ" ނުވަތަ "ޝިޕް ސެނިޓޭޝަން އެގްޒެމްޕްޝަން ކޮންޓްރޯލް – އެސް.އެސް.އީ.ސީ" ސެޓުފިކެޓު ހެއްދުމުގެ ފީގެ އަދަދުތަކަށް ގެނެވިފައިވާ ބަދަލާއެކު، ބައިނަލްއަޤްވާމީ ވައިގެ ދަތުރުކުރާ އެންމެހައި ވައިގެ އުޅަނދުތައް ޝާމިލުވާގޮތަށް އަލަށް (*) ހިމަނާފައިވާ ޚިދުމަތްތަކާއި އެ ޚިދުމަތްތަކާ ގުޅޭގޮތުން ނަގާނޭ ޖޫރިމަނާ ފީގެ އަގުތައް އާންމުކޮށް އިޢުލާނުކުރީމެވެ.
ފީ އަދި ޖޫރިމަނާގެ އަދަދު |
ޚިދުމަތުގެ ތަފުސީލު |
ކޯޑް |
# |
|
1,000/- ރުފިޔާ |
"އެސް.އެސް.އީ" ސެޓުފިކެޓު 50 ނެޓް ޓަނޭޖަށްވުރެ ދަށުގެ ކަނޑުގެ އުޅަނދުފަހަރަށް ސެޓުފިކެޓު ހެއްދުމުގެ ފީ |
SSC50 |
01 |
|
2,000/- ރުފިޔާ |
"އެސް.އެސް.އީ" ސެޓުފިކެޓު 51 ނެޓް ޓަނޭޖުން ފެށިގެން 100 ނެޓް ޓަނޭޖް ހަމަނުވާ ކަނޑުގެ އުޅަނދުފަހަރަށް ސެޓުފިކެޓު ހެއްދުމުގެ ފީ |
SSC100 |
02 |
|
3,000/- ރުފިޔާ |
"އެސް.އެސް.އީ" ސެޓުފިކެޓު 101 ނެޓް ޓަނޭޖުން ފެށިގެން 300 ނެޓްޓަނޭޖް ހަމަނުވާ ކަނޑުގެ އުޅަނދުފަހަރަށް ސެޓުފިކެޓު ހެއްދުމުގެ ފީ |
SSC300 |
03 |
|
5,000/- ރުފިޔާ |
"އެސް.އެސް.އީ" ސެޓުފިކެޓު 301 ނެޓް ޓަނޭޖުން މަތި ކަނޑުގެއުޅަނދު ފަހަރަށް ސެޓުފިކެޓު ހެއްދުމުގެ ފީ |
SSC301 |
04 |
|
500/- ރުފިޔާ |
* "އެސް.އެސް.އީ" ސެޓުފިކެޓު 01 މަސްދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ނަގާ ފީ |
SSCEXT |
05 |
|
1,000/- ރުފިޔާ |
* "އެސް.އެސް.އީ" ސެޓުފިކެޓު ގެއްލިގެން ސެޓުފިކެޓު ހެއްދުމުގެ އަގުގެ އިތުރުން ނަގާ ޖޫރިމަނާ ފީ |
SSCRP |
06 |
|
1،500/- ރުފިޔާ |
* މަސްވެރިކަންކުރާ (ޝިޕިންގ ވެސަލް)އަށް "މެޑިސިން ޗެސްޓް ސެޓުފިކެޓު" ހެއްދުމުގެ ފީ |
MCF |
07 |
|
2,500/- ރުފިޔާ |
* މުދާ އުފުލާ ކަނޑުގެ އުޅަނދުފަހަރަށް (ކާގޯ ޝިޕް) ދޫކުރާ "ޝިޕް މެޑިސިން ޗެސްޓް" ސެޓުފިކެޓު ހެއްދުމުގެ ފީ |
MCC |
08 |
|
3,000/- ރުފިޔާ |
* ފަތުރުވެރިންގެގޮތުގައި ފަސިންޖަރުން އުފުލާ ކަނޑުގެ އުޅަނދުފަހަރަށް (ޕެސެންޖަރ ލައިނަރ އަދި މެގަ ޝިޕް) އަށް ދޫކުރާ "ޝިޕް މެޑިސިން ޗެސްޓް" ސެޓުފިކެޓު ހެއްދުމުގެ ފީ |
MCPL |
09 |
|
1,000/- ރުފިޔާ |
"ޝިޕް މެޑިސިން ޗެސްޓް" ސެޓުފިކެޓު ގެއްލިގެން ހެއްދުމަށް ނަގާ އަގުގެ އިތުރުން ނަގާ ޖޫރިމަނާ ފީ |
MCRP |
10 |
|
1,000/- ރުފިޔާ |
"ޑިސްއިންސެކްޓް" ނުވަތަ "ފިއުމިގެޓް" ނުކޮށް ދިވެހިރާއްޖެ އެތެރެވާ ކަނޑާއި ވައިގެ އުޅަނދުތަކާއި، "ޑިސްއިންސެކްޓް" ކުރިކަން ޕޯރޓް ހެލްތަށް އެންގުމުގައި އަމަލުކުރަން އޮންނަ އުސޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކުން، ޚިލާފުވާ ކޮންމެ ފަހަރަކު ދައްކަންޖެހޭ ޖޫރިމަނާ ފީ |
DIFF |
11 |
މި އިޢުލާނުގައި ބަޔާންކުރާ އަގުގައި ޚިދުމަތް ދިނުމާއި ޖޫރިމަނާކުރުމަށް ހަމަޖެހިފައިވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި މި އިޢުލާން ޝާއިޢުކުރެވޭ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތުގެ ހަމަވާ ދުވަހުން ފެށިގެންނެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، އިންޓަރނޭޝަނަލް ބޯޑަރ ހެލްތުގެ ނަންބަރު 3323963 (960+) ނުވަތަ 7954333 (+960) ފޯނަށް ގުޅުއްވުން އެދެމެވެ.