މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ބޭނުންވާ 2 ކޮމްޕިއުޓަރ ސިސްޓަމާއި 1 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ބޭނުންވާ 2 ކޮމްޕިއުޓަރ ސިސްޓަމާއި 1 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 4 ވާ ބުދަދުވަހު 10:00 އަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ރޯޝަނީ ބިލްޑިންގގެ 4 ވަނަ ފަންގިފިލާ) ގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 8 ވާ ބުދަދުވަހު 10:00 އަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ރޯޝަނީ ބިލްޑިންގގެ 4 ވަނަ ފަންގިފިލާ) ގެ ޖަލްސާކުރާ މާލަމަށްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

26 ޑިސެންބަރު 2016
ހޯދާ