މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރިންގ އެންޑް ލޮގިންގ ސިސްޓަމެއް ހޯދައި، އިންސްޓޯލް ކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރިންގ އެންޑް ލޮގިންގ ސިސްޓަމެއް ހޯދައި އިންސްޓޯލް ކުރުމުގެ މަސައްކަތް:

1. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބޭނުމަށް ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރިންގ އެންޑް ލޮގިންގ ސިސްޓަމެއް ހޯދައި އިންސްޓޯލް ކުރުމަށް ކުރެވުނު ނަންބަރު IUL)13-K1/13/2015/92) އިޢުލާނަށް ލިބިފައިވާ ބީލަންތައް ބާޠިލުކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

2. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 27 ޑިސެންބަރު 2016 އިން 10 ޖަނަވަރީ 2017 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2017 ޖަނަވަރީ 5 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

5. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/20,000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

6. ބީލަން ހުޅުވުން އޮންނާނީ 2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތާއި، ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

7. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349125      3349106

ފެކްސް : 3320706      3324432

އީމެއިލް : [email protected]

ކޮޕީ  : [email protected]

8. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

26 ޑިސެންބަރު 2016
ހޯދާ