ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ އެސިސްޓެންޓް ޕްލޭނިންގ އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކޮށްފައިވާ (IUL)253-CAA/253/2016/135 ނަންބަރުގެ އިޢުލާނުގައިވާ މުއްދަތު، 2017 ޖަނަވަރީ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް އިތުރުކުރެވިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާނު ކުރީމެވެ.

މަޤާމް:

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކުލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ / (އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް)

ސެކްޝަން

-  

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އިދާރާ، ހއ. މާރަންދޫ

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

 

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

2 (ދޭއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:

* އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާ

* އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ

* ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާ

* ފައިނޭންސްގެ ދާއިރާ

* އެކައުންޓްސްގެ ދާއިރާ

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ރިސެޕްޝަން ބެލެހެއްޓުމާއި، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި، އެންޓްރީކުރުން.

2. ޔައުމިއްޔާ ލިޔެބެލެހެއްޓުމާއި، ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން.

3. ރަށުގެ ތަރައްޤީގެ ޕްލޭން ހެދުމާއި، ބިމުގެ ބަޖެޓް ތައްޔާރުކުރުން.

4.  ކައުންސިލްގެ ވޭތުވެދިޔަ 6 މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5. ރުއްގަހުގެ ރަޖިސްޓްރީ ބެލެހެއްޓުން.

6. އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުން.

7. ކައުންސިލްގެ މަޝްވަރާގެމަތީން ރަށުގައި ރުއްގަސް އިންދުމަށާއި، ހޭޅިފަށާއި، ގޯތިދިނުމަށާއި، ހުސްބިންތައް ހުންނަންޖެހޭ ތަންތަން ރަށުގެ ޗާޓުން ފާހަގަކޮށް، ކުރަންޖެހޭ އެންމެހައި ދިރާސާތައް ކުރުން.

8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ބޭނުންވާ ފޯމު ޗެކްކޮށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުން.

9. ކޮންމެމަހެއް ނިމުމުން، އެ މަހެއްގެ 2،1 ގެ ރިޕޯޓްތައް ތައްޔާރުކުރުން.

10. އިދާރާއިން ފޮނުވަންޖެހޭ ސިޓީއާއި، މެސެޖާއި، ލިޔުން ތައްޔާރުކުރުމާއި، އެތަކެތި ފޮނުވުމާއި، ފެކްސްކުރުމާއި، މެއިލްކުރުން.

11. އިދާރާއިން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

12. އެއްރަށެއްގެ ރައްވެއްސަކު އަނެތް ރަށެއްގެ ރައްވެއްސަކަށް ބަދަލުވުމުގެ މައްސަލަ.

13. ވިހާމަރުވާއާއި ރަށުގެ ރަޖިސްޓްރީ ބެލެހެއްޓުން.

14. އެއްގަމާއި ކަނޑުގައި ދުއްވާ ތަކެތީގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.

15. ގޮއި ފާލަންބަ ހިންނަފަދަ ތަންތަނުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.

16. އެކިއެކިކަންކަމަށް ބިންދޫކުރުން.

17. ވިއްސާރައާއި ގުދުރަތީގޮތުން ލިބޭ ގެއްލުންތަކާއި ރަށުގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތާއި ފޮޓޯ އަތޮޅުކައުންސިލާއި ކަމާގުޅޭ މިނިސްޓްރީއަށް ފޮނުވުން.

18. އިދާރާގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި ފޮނުވުން.

19. ރަށުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ހިންގުން.

20. ރަށުގެ ތަޢުލީމީ ހަރަކާތްތަކުގައި ކައުންސިލް އިދާރާއިން ކުރަންޖެހޭ ކަންކަން ކުރުން.

21. ފެތުރޭ  ރޯގާއެއް  ފެށިއްޖެނަމަ،  އެ  ރޯގާއާބެހޭގޮތުން  ރަށުގެ  ޞިއްޙީ  މަރުކަޒާ  ގުޅިގެން  ރޯގާ ކޮންޓްރޯލްކުރުމުގައި މި އިދާރާއިން ދޭންޖެހޭ އެހީތެރިކަން ދިނުން.

22. ބޯހިމެނުމުގެ މަސައްކަތް ކުރުން.

23. ބަލިމީހުންނާބެހޭ ކަންތައްތަކާއި، ސަރުކާރުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާބެހޭ ކަންތައްތައް.

24. އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމާއި ޚާޢްޞަ އެކިއެކި އިނާމަށް ނަން ހުށަހަޅަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު، ކަމާބެހޭ އިދާރާއަށް ފޮނުވުން.

25. ފައިލްކުރުން.

26. ފޮތްތަކުގައި ނަންކޮޅު ތަތްކުރުމާއި، ގަނޑު ލެއްވުމާއި، ސެލޯފިން ލެއްވުމާއި، ފައިލްތަކުގައި ނަންކޮޅު ހަރުކުރުން.

27. ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

28. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، އިދާރާއާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

* ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

* ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި ޤާބިލްކަމުގެ ސިފަތައް.

 

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހުގެ ތެރޭގައި، މާރަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

- ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ލިޔުމަކުން އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައިގެން، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، 2017 ޖަނަވަރީ 10 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، މާރަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)

3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަޤާމުގެ ޝަރުޠާއި، ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލުމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500029 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6500061 އެވެ.

27 ރަބީޢުލްއައްވަލް 1438

26 ޑިސެންބަރު 2016
ހޯދާ