މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީން ގދ. ތިނަދޫއަށް މުދާ ކޮންޓެއިނަރެއް ގެންދިއުން

އިޢުލާން

މިމިނިސްޓްރީގެ ފަރާތުން ގދ.ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އަބާދުވިތާ ފަންސާސް އަހަރު ފުރުމުގެ ގޮތުން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތަށް ތިނަދޫ ޒީނަތްތެރިކުރުމަށްޓަކައި ރާއްޖޭން ބޭރުން ގެނެސްފައިވާ 20 ފޫޓުގެ 1 (އެކެއް) މުދާ ކޮންޓެއިނަރ ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)10-F/1/2016/140 (18 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވީ އެންމެ ދެ ފަރާތުން ކަމަށްވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 03 ވާ އަންގާރަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 05 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

27 ރަބީޢުލްއައްވަލް 1438

 

26 ޑިސެންބަރު 2016
ހޯދާ