މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

މަޤާމް :ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސެކިއުރިޓީ އޮފިސަރ

މަޤާމުގެ ރޭންކް:

އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ނަންބަރު:

J-284547

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

ދަރުބާރުގެ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/3875 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛            

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޑިއުޓީ ސުޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ހޯލުތަކާއި، މާލަންތަކާއި، ކޮޓަރިތައް ހުޅުވުމާއި ތަޅުލުން.

2. އިވެންޓްތަކަށް ތައްޔާރުކުރަމުންދާއިރުގައްޔާއި ނިމިގެން ތަން ހުސްކުރާއިރު މޮނިޓަރކޮށް ބެލެހެއްޓުމާއި، ގަވާއިދާއި އުސޫލުތަކާ ޚިލާފުވާފަދަ ކަމެއް ހިންގާނަމަ، އޮފީހުގައި ހުންނަވާ ޑިއުޓީ ސުޕަވައިޒަރަށް އެކަން ރިޕޯޓްކުރުން.

3. ޑިއުޓީ ސުޕަވައިޒަރ އަންގާގޮތެއްގެ މަތިން ދަރުބާރުގޭގައި ބާއްވާ އިވެންޓްތަކަށް ބޭނުންވާ ގޮނޑި، މޭޒު، ގަސް ފަދަ ތަކެތި ހޯލުތަކަށް ވެއްދުމާއި، އެތަކެތި ނެރެ ގުދަނަށް ވެއްދުމާއި، ބިއްލޫރި ދޮރުތަކާއި ތަކެތި ފޮޅައި ސާފުކުރުމާއި، ސަރުދާރު ނުވަތަ ޑިއުޓީ ސުޕަވައިޒަރުގެ މަޝްވަރާގެމަތީން މަސައްކަތްކުރުން.

4. އިމާރާތާއި ތަނުގެ ތަކެތި މަރާމަތުކުރުމުގެ މަސައްކަތް ކުރުން.

5. މާލަންތަކާއި ކޮޓަރިތަކުގައި ކުލަލުމާއި، ދޮރުތަކާއި ގަސްބަހައްޓާ ފޮށިތަކުގައި ވަރުނީސްލުން.

6. ހޯލުތަކުގައި ރަސްމިއްޔާތުތައް ހިނގަމުންދާއިރު ފާޚާނާތައް ހަޑިވިޔަނުދީ ބެލެހެއްޓުން.

7. ހޯލުތަކުގެ ބޮކިތަކާއި އޭސީ ޖައްސައި، އެތަކެތި ނިއްވައި، ތަން ބެލެހެއްޓުން.

8. ނާސަރީއާއި ގޯތިތެރޭގައި ހުންނަ ގަސްތަކަށް ދުވާލަކު ދެއިރު ފެންދިނުން.

9. ދަރުބާރުގޭ ގޯއްޗާއި އިމާރާތުގެ ދޮރުފާރަވެރިން ބެލެހެއްޓުމާއި، ގަވާއިދާ ޚިލާފަށް ވެހިކަލް ވެއްދުމާއި، އިމާރާތާއި ގަސްތަކަށް ގެއްލުންވާފަދަ ކަންކަން މަނާކުރުމާއި، އެފަދަ ކަމެއް ނުހުއްޓުވިއްޖެ ހާލަތެއްގައި، އޮފީހުގައި ހުންނަވާ ޑިއުޓީ ސުޕަވައިޒަރަށް އެކަން ރިޕޯޓްކުރުމާއި، ލިބިފައިވާ ގެއްލުމެއް ނޯޓްކޮށް އޮފީހަށް އެންގުން.

10. ކޮންޓްރެކްޓް މުވައްޒަފުންނާ ގުޅިގެން އިމާރާތާއި ގޯތިތެރެ ކުނިކަހައި ބެލެހެއްޓުން.

11. ސެކިއުރިޓީ ކެމެރާ ސިސްޓަމުންނާއި، އެހެނިހެން ގޮތްގޮތުން އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުން.

12. އޮފީހުގެ މަސައްކަތަށް ނުވަތަ ތަނަށް އިތުރު ކުރިއެރުމެއް ލިބޭފަދަ ކަމެއް އެންމެން ގުޅިގެން ކުރަންޖެހޭ ފަދަ ހާލަތްތަކުގައި ވެރިޔަކު އަންގާގޮތެއްގެ މަތީން އެކަންކަމުގައި ބައިވެރިވުމާއި، މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ، އެ މުވައްޒަފެއްގެ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު

4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީ – ފެބުރުވަރީމަހުގެ ތާރީޚެއްގައި މާލޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ www.housing.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ ލިޔުމެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް، ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 ރަބީޢުލްއައްވަލް 1438

27 ޑިސެންބަރު 2016
ހޯދާ