މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕެޓްރޯލާއި، ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަތޮޅު ކައުންސިލްގެ އިދާރާގެ އުޅަނދުތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މި އިދާރާގައި ބޭނުންކުރަމުން ގެންދާ ކަނޑުގައި ދުއްވާ އުޅަނދުތަކަށާއި، އެއްގަމު އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލާއި، ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލާއި، ޑީސަލް ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 4 ބުދަދުވަހުގެ 11:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 11 ވާ ބުދަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ގަޑިއަށް އަންދާސީހިސާބު ހިފައިގެން ހާޒިރުނުވާ ފަރާތްތަކުން އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

22 ރަބީޢުލްއައްވަލް 1438

21 ޑިސެންބަރު 2016
ހޯދާ