މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މ. ނާލާފުށީ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް:

SS1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/1000 ރުފިޔާ

މަޤާމް އޮތް ތަން:

މ. ނާލާފުށީ ޞިއްޙީ މަރުކަޒު

މަސައްކަތްކުރަންޖެހޭ ތަން:

މ. ނާލާފުށީ ޞިއްޙީ މަރުކަޒު

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޞިއްޙީ މަރުކަޒުގެ އެތެރެ ސާފުކޮށް މޮޕުލުމާއި، ދޮރުފަތްތަކާއި ބިއްލޫރިތަކާއި، ފަންކާތަކާއި، ސާފުކުރަންޖެހޭ އެނޫން ތަންތަނާއި ތަކެތި ފުހެ ސާފުކުރުން.

2. ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި މަރުކަޒުގެ ވަށައިގެންވާ ސަރަހައްދު ކުނިކަހައި، ކުނިއުކާލުމާއި ރައްކާތެރިގޮތެއްގައި ކުނި ނައްތައިލުން.

3. އެކިއެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީއާއި، މެސެޖާއި، އެހެނިހެން ތަކެތި އެފަރާތްތަކާ ހަވާލުކުރުން.

4. ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައިވާ ރުއްގަސް ބެލެހެއްޓުމާއި، ކޮށަންޖެހޭ ގަސްތައް ކޮށައި، ފެންދީ ބެލެހެއްޓުން.

 

ތަޢުލީމާއި ތަޖުރިބާ:

1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން.

2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 1 ގެ ރޭންކް ނުވަތަ  އެއަށްވުރެ  މަތީ  ރޭންކަކާ  އެއްފެންވަރުގެ  މަޤާމެއްގައި،  މަޤާމުގެ  މަސައްކަތާ  ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހު އުޅެތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ޢިނާޔަތްތައް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2- ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިއޮންނަ އުސޫލުން ރިސްކް އެލަވަންސް.

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުންނާއި، ނާލާފުށީ ޞިއްޙީ މަރުކަޒުން، ރަސްމީ ދުވަސްތަކުގެ ހެނދުނު 8.00 އިން މެންދުރުފަހު 2.00 އަށް ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

2017 ޖަނަވަރީ 9 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން، މ. ނާލާފުށީ  ޞިއްޙީ މަރުކަޒަށް ނުވަތަ މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށް ފޯމު ހުށަހަޅަންވާނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- އިންޓަވިއު އޮންނާނީ، 2017 ވަނައަހަރުގެ ޖަނަވަރީމަހު މ. ނާލާފުށީ ޞިއްޙީ މަރުކަޒުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން، މުލީ ރީޖަނަލް ހޮސްޕިޓަލުގެ 6720605 ނަންބަރު ފޯނަށް ނުވަތަ ނާލާފުށީ ޞިއްޙީ މަރުކަޒުގެ ނަންބަރު 6720010 ނަންބަރު ފޯނަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ގުޅުން އެދެމެވެ.

27 ރަބީޢުލްއައްވަލް 1438

26 ޑިސެންބަރު 2016
ހޯދާ