ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ވަގުތީ)

އިޢުލާން

ރިލީފް ޓިޗަރުން ބޭނުންވެއްޖެ:

މި ސުކޫލުގެ މަތީ ގްރޭޑްތަކަށް، ޖެނެރަލް ސައިންސާއި، މެރިން ސައިންސާއި، ބައެލޮޖީއާއި، ކެމިސްޓްރީ ކިޔަވައިދޭނެ ވަގުތީ ޓީޗަރުން ބޭނުންވެއެވެ.

ފެންވަރު ނުވަތަ ޝަރުޠު: ޘާނަވީ ތަޢުލީމް (ސައިންސް ސްޓްރީމް) ނިންމާފައިވުން (ގްރޭޑް 10 ނިންމާފައިވުން)

މަޤާމުގެ ޝަރުޠާއި، މުސާރައާއި، މުސާރައިގެ އިތުރުން ދެވޭ އުޖޫރަތަކާއި، ޢިނާޔަތްތަކުގެ ތަފްޞީލު:

މަޤާމުގެ ޝަރުޠު

މުސާރަ 

ސަރވިސް އެލަވަންސް 

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން.

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން.

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ސެޓިފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

އިތުރުގަޑި: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މުއްދަތު: 3 މަސްދުވަސް (8 ޖަނަވަރީ 2017 އިން 7 އެޕްރީލް 2017 އަށް)

ބޭނުންވާ އަދަދު:2 (ދޭއް)

ސުންގަޑި: މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން، 2017 ޖަނަވަރީ 4 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލަށް ސިޓީ ފޮނުވުން އެދެމެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ލިބިފައިވާ ތަޢުލީމީ  ސެޓުފިކެޓުތަކުގެ ކޮޕީ.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

3. އިތުރު ތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އުޅުނުކަމުގެ ލިޔުމެއް.

އިންޓަވިއު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު، 2017 ޖަނަވަރީ 9 އާއި 10 އާ ދެދުވަހުގެ ތެރޭގައި ކިހާދޫ ސުކޫލުގައި ބޭއްވޭނެއެވެ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

އިތުރު މައުލޫމާތު:

އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6600017 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

22 ރަބީޢުލްއައްވަލް 1438

21 ޑިސެންބަރު 2016
ހޯދާ