މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން

މަޤާމު:                  އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:             01 (އެކެއް)

މަޤާމުގެ ގިންތި:             ދާއިމީ

މަޤާމުގެ ރޭންކް:             އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

މުސާރަ:                 މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:         މަހަކު -/2000 ރުފިޔާ

ޢިނާޔަތްތައް:               އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ގަވާއިދުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

ވަޒީފާއޮތް އޮފީސް:           މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:   ބަޖެޓް ރިޕޯޓިންގ އެންޑް ކޮންޓްރޯލް ސެކްޝަން، ފައިނޭންސް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީގެ ދަށުގައިހުރި ހުރިހާ ސްކޫލް، މަރުކަޒުތަކެއްގެ ބަޖެޓާއި، ފަންޑާބެހޭ ޚަރަދު ރިޕޯޓާއި، އާމްދަނީ ރިޕޯޓާއި، ތިޖޫރީ ރިޕޯޓުތައް މަސްދުވަސް ނިމުމުން ހޯދުމާއި، އެ ރިޕޯޓުތަކުގައި ކުށްހުރިތޯއާއި ރީކޮންސިލްކޮށްފައިވަނީ ރަނގަޅަށްތޯ ބަލައި ޗެކުކޮށް އިޞްލާޙުކުރުމާއި، ލިބިފައިވަނީ ފުރިހަމަ ރިޕޯޓެއްކަން ޔަގީންކުރުން.

  2. ހުރިހާ ރިޕޯޓުތަކެއްގެ ފޯމެޓާއި އޭގައި އެކުލެވެންޖެހޭ ބައިތައް ހުރީ ރަނގަޅަށްތޯ ބަލައި ޔަގީންކުރުމާއި އިޞްލާޙުކުރަންޖެހޭ ރިޕޯޓުތައް އިޞްލާޙުކުރުން.

  3. މަހުގެ ޚަރަދު ރިޕޯޓާއި އާމްދަނީ ރިޕޯޓުތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވަންދެން، އެކަންތައް ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅު ސެކްޝަންގެ އިސްވެރިޔާގެ ލަފަޔާއެކު އެޅުން.

  4. މިނިސްޓްރީގެ ސެކްޝަންތަކާއި ސްކޫލްތަކާއި ދާއިރާގެ ތަންތަނުން، ފައިސާގެ ރިޕޯޓުތައް ހެދުމަށް ބޭނުންވެއްޖެނަމަ އެފަރާތްތަކަށް އެހީތެރިކަމާއި އިރުޝާދު ދިނުން.

  5. ރިޕޯޓުކުރުމުގައި ރަނގަޅު ކުރަންޖެހޭ ބައިތަކާއި މައްސަލަ ހުރި ކަންތައްތައް ފާހަގަކޮށް ސެކްޝަންގެ އިސްވެރިޔާގެ ލަފައާއި އިރުޝާދު ހޯދުން

  6. ކޮންމެ ސްކޫލެއްގެ ބަޖެޓް ހުރި ގޮތާއި ފައިސާ ހުރި މިންވަރާއި ބަޖެޓްގެ ބާކީ، ކޮންމެ ވަގުތެއްގައިވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ މެނޭޖްމަންޓުން ބޭނުންވެއްޖެނަމަ އެ މަޢުލޫމާތު ދިނުން.

  7. މި ނޫނަސް އޮފީހުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ދުވަހުން ދުވަހަށްކޮށް ނިންމުން.

ޝަރުތު:                                              

  1. އެކައުންޓްސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެކައުންޓްސް ނުވަތަ ފައިނޭންސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  2. އެކައުންޓްސް ނުވަތަ ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

  3. އެކައުންޓްސް ނުވަތަ ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމުގެ އިންޓަވިއު، އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ނ. ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4 ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ހުށަހަޅަންޖެހޭ ތާރީޚު:
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 05 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

25 ޑިސެންބަރު 2016
ހޯދާ